
ބިދޭސީންގެ ސިއްހީ ހާލަތަށް ހައްލު ހޯދަންޖެހޭ: މިނިސްޓަރ ނާޒިމް

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 18:01
ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސިއްޙީ ވަޒީރުވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްކުރާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.
އާންމު ސިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޕްޗީއޭ އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" އިފްތިތާޙުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ 4 މީހަކުން އެކަކީ ބިދޭސީއެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީގެ އުޅޭއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އާންމު ސިއްޙަތުގެ ކޮންފަރެންސްގެ ތެރެއިން މިދިޔަ ޖޫން މަހު އިފްތިތާޙްކޮށްފައިވާ ބިދޭސީންގެ ސިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހިރާސްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް އިލްމީ މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީގޮތެއްގައި ގެނިވެދާނެ ހައްލުތަކާއި ގުޅޭގޮތުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކޮންފަރެންސްގައި ބިދޭސީންގެ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ މުވައްސަސާތަކުން ބައިވެރިވާނެއެވެ. އަދި ޤައުމި ޔުނިވަރސިޓީގެ ފަރާތުން މިކަމުގައި ހުރި ހުރަސްތަކަށް ދިރާސާގެ ނަޒަރަކުން އަލިއަޅުވާލާނެއެވެ. މިއީ މިކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބާއްވާފައިވަނީ 2019ވަނަ އަހަރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހާއްސަ ހާލަތެެއްގައި ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތް ހަދަނީ
6 ގަޑިއިރު ކުރިން

ހެކި ނެތިގެން ފަޒުލް އަށް ދަޢުވާ ނުކުރަން ނިންމައިފި
8 ގަޑިއިރު ކުރިން

ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން


