
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވާނެ އެންމެ ފަނޑިޔާރަކުވެސް ނުހުންނާނެ: ރައީސް

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 11:44
ޖުޑީޝަރީއަށް އެމަނިކުފާނުގެ ނުފޫޒު ފޯރުވާކަމަށް ވިދާޅުވާނެ އެންމެ ފަނޑިޔާރަކުވެސް ނުހުންނަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ހެންވޭރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ އެއްވެސް ބޭފުޅަކު ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށެވެ.
ބައެއް ބޭފުޅުން ކޯޓަށް ހާޒިރުކުރަން ޗިޓު ފޮނުވިކަން އެނގި ވަޑައިގަންނަވަނީ އަދި ފެނި ވަޑައިގަންނަވަނީ ނޫހުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ގޮތުން މީހުންނަށް ފިޔަވަޅު އަޅާނެ މީހެއް ނޫން ކަމަށެވެ. މީހަކު ސިޔާސީ ވެގެން އެމީހާއަށް ފިޔަވަޅު އަޅަން ކޯޓަށް ނުވަތަ ފުލުހަށް ގެންދިއުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މިގައުމުން ބަދަލު ހިފުމުގެ ރޫހު ނައްތާލަައި ސިޔާސީ އޮއިވަރުގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާކުރުން ނައްތާލަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަަމަށް ރައީސް ވިދާޅުވިއެވެ.
މިދެއަހަރު ވީއިރުގައި ސިޔާސީ އެއްވެސް ހައްޔަރީއެއް މިސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ވިދާޅުވީ މިސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.
މަސައްކަތް ކުރައްވަމުންގެންދަނީ ކޯޓުތައް ހަގީގީ މާނާގައި މިނިވަން ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޯޓުތައް މިނިވަންކޮށް ހިންގޭނެ ގޮތަށް މިސަރުކާރުން ހުރިހާ ކަމެއް ކުރަމުންގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން މިހާރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ ޑްރަގް ގެ މައްސަލަތަކާއި އެހެނިހެން މައްސަލަތަކުގައި ފިޔަވަޅު އަޅައި ކޯޓްތަކުން ހުކުމްތައް ކުރާއިރު ކުރިން ބިރުން އެކަމާއި ފިޔަވަޅު ނާޅައި ނުވަތަ ހުކުމް ނުކޮށް އޮތް އޮތުން ނިމުމަކަށް އައިސްފައިވާތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް ކުރިއަށް އޮތް ތަނުގައި ޖުޑީޝަރީ މިނިވަން ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
8 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
9 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
9 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
11 ގަޑިއިރު ކުރިން


