logo
ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް

ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ހައްލުކޮށްދެއްވާނެކަން ޔަޤީން: މިނިސްޓަރ ޝިޔާމް

profile

މުޙައްމަދު ފަޟްލޫން - 12 ސެޕްޓެމްބަރު 2025 - 17:04

ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ހައްލުކޮށްދެއްވާނެކަން ޔަގީންކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ

https://wamco.com.mv/

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑީއާ ރެގިއުލޭޓް ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް މިނިސްޓަރ ޝިޔާމް ވަނީ އެކްސްގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ، ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ރައީސެއް ކަމުގައެވެ.

ރައީސް މުޢިއްޒަކީ އެގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޚާލިސް ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ހައްލުކޮށްދެއްވާނެކަން ޔަޤީންކަން އޮތްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް، މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުން ވަނީ އިސްލާހުތަކެއްވެސް ހުށަހަޅުއްވާފައެވެ.

އަދި މި އިސްލާހު ތަކަކީ މީޑިއާއާއި އަދި އާންމު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރެވޭފަދަ ގޮތަކަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކެއް ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމު ވަނީ ވިދާޅުވެފައެވެެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަކީ ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރުމާއި ބެހޭ ބިލުގައި ހިމެނޭ މާއްދާއެވެ. ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހަށް ހުށަހެޅި އިސްލާހުގައި އެމާއްދާ ވަނީ އުނިކޮށްފައެވެ.

މީޑިއާ ބިލު ބޭރުކުރުމަށް ގޮވާލާ ބައެއް ނޫސްވެރިން ވަނީ ހުސްވި ހަފްތާގެ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay