
މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކެއް، ހައްލުކުރަން ވަގުތުނަގާނެ: މިނިސްޓަރު

އައިޝަތު އިނާޝާ - 10 ޑިސެމްބަރު 2025 - 05:46
މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތާ ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށާ އެހެން ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރ ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ދުވަހު މި ބާއްވާ މަސްވެރިންގެ ގުންޒަރަކީ ހުރިހާ މަސްވެރިން އެތަންވެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުކަމަށެވެ.
ރާއްޖޭގައިވެސް މި ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށްކަމަށާ މިގޮތަށް ކުރިއަށްގެންދިއުމުގަ ގޮންޖެހުންތަކެއް ސަރުކަރަށްވެސް ހުންނަ ކަމަށަ މިނިސްޓަރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓްތަކުގަ އުނދަގޫވާ ހާލަތްތަކުގައި ސަރުކަރުގެ ކޭޝް ފްލޯއަށްވެސް ދަތިވާ ފަހަރު އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ހުރި ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އާމުދަނީ އިތުރުކުރުން: ރައީސް
ގަޑިއިރެއް ކުރިން

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދާ "މަސްވެރިންގެ ފޯރަމް" ފަށައިފި
2 ގަޑިއިރު ކުރިން

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
14 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
15 ގަޑިއިރު ކުރިން


