
ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް
ރަހަވަރު ކެއްކުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު އިބްރާހިމް - 27 އޮކްޓޯބަރު 2025 - 13:46
ރަހަވަރު ކެއްކުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސްއިން ބުނެފައިވަނީ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަހަވަރު ކެއްކުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ރަހަވަރު ކެއްކުމުގެ މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރ.ދުވާފަރުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފަހަގަކުރުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަހަވަރު ކެއްކުމުގެ މުބާރާތުގެ ބޭނުމަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނިކުންން ފަރާތްތަކަށް މިދާއިރާއިން އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން ދިވެހިރައްޖޭގެ ކޯބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމެވެ.
މި މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށް ފަހު 15 ނޮވެމްބަރުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައިކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި
ގަޑިއިރެއް ކުރިން

އެމެރިކާ ސަފީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން

ނޭޝަނަލް ޓީމްތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބޭނެ: ސްޕޯޓްސް މިނިސްޓަރ ރާފިއު
3 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން


