
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު
ނޭޝަނަލް ޓީމްތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބޭނެ: ސްޕޯޓްސް މިނިސްޓަރ ރާފިއު

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 05:21
ރާއްޖޭގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ނޭޝަނަލް ޓީމްތަކަށް ހެލްތު އިންޝިއުރެންސް އަންނަ އަހަރުން ފެށިގެން ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި ހެލްތު އިންޝިއުރެންސްއެއް ތައާރަފް ކުރުމުގެ ވާހަކައަކީ މީގެ ކުރިން ދެކެވުނު ނަމަވެސް އަދި މިހާތަނަށް ކުރެވިފައިނުވާ ކަމެއް ކަމަށެވެ.
ގައުމީ ޓީމް ތަކުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ސަރުކާރުގެ ފަރާތުން އަންނަ ހެލްތު އިންޝިއުރެންސް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.
ހެލްތު އިންޝިއުރެންސް ގާއިމްކޮށްދިނުމަކީ ކުޅިވަރު ކުޅޭ ކުދިންގެ ސިއްހީ ނިޒާމު ކަށަވަރު ކުރުމުގެ ގޮތުން ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީ އަށް ކޮށްދެވޭ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ހެލްތު އިންޝިއުރެންސެއް ތައާރަފް ކުރެވިގެންދިއުމަކީ ރާއްޖޭގެ ކުޅިވަރުގެ ނިޒާމަށް ގެނެވޭނެ ވަރަށް ބޮޑު ބަދަލެއް ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާގައި ހެލްުތު އިންޝިއުރެންސް ކުރުމުގެ މުހިއްމުކަން އެންމެންނަށް އެނގުނު ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ހަމަނުޖެހި އޮތް އޮތުން އަންނަ އަހަރު ނިމުމަކަށް ގެނެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ނޭޝަނަލް ޓީމްތަކުގެ ކުދިންނަށާއި އޮފިޝަލުންނަށް ހެލްތު އިންޝިއުރެންސް ހަމަޖެހިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބަށް، ރެކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ ކުރިމަތިލާން ހުޅުވާލީމަ: އީސީ
ގަޑިއިރެއް ކުރިން

ަހައްޖު، އުމްރާ ކޮންފަރެންސަށް ސައުދީ ވަފުދެއް ރާއްޖެއަށް
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
13 ގަޑިއިރު ކުރިން


