
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 07:45
އެމްޑަބްލިޔުއެސްސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ،
މިއެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.
ސިޓީ ހޯލް ގްރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑް ހަވާލްކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު އެމްޑަބްލިޔުއެސްސީގެ ޗެއަރޕާސަން ޝަމްހޫޒާ އަހްމަދާއި ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދުގެ އިތުރުން ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރުންނެވެ.
2025 ވަނަ އަހަރު ތަފާތު 12 ކެޓެގަރީއަކުން 36 މުވައްޒަފަކު ވަނީ އެވޯޑް ހާސިލްކޮށްފައެވެ.
ކުންފުނީގައި ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށް ވަނީ ރެކޮގްނިޝަން އެވޯޑް ދީފައެވެ.
މިހަފްލާގައި ކުންފުނިން ދޭ އެންމެ ހާއްސަ އެވޯޑް ޗެއަރމަންސް އެވޯޑް ފޯރ އެކްސެލެންސް ވަނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރ ހަސަން ޝަފީގަށް ދެވިފައެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމާއި ތަރައްގީއަށް ފާހަގަކުރެވޭ އަގުހުރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވޯޑެކެވެ،
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ އެމްޑީ މަތީން ވިދާޅުވީ އެވޯޑް ހަފްލާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ.
ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން މަތީން ވަނީ ފާޙަގަކުރައްވާފައެވެ. އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާ ކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މަތީން ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާއި ގުޅިފައިވާ އަސާސީ ހިދުމަތަކަށް ވުމުން ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ޒަމާނީ އައު ޓެކްނޮލޮޖީ އާއި ވަސީލަތްތައް އިތުރުކޮށް ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ވަނީ ފާހަގަކޮށްފައެވެ.
އެމްޑަބްލިޔުއެސްސީ އާއި ހަވާލްކޮށްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމާފައިވާކަމާއި، ސަރުކާރުން އެކުންފުންޏާއި އަލަށް ހަވާލްކުރި މަޝްރޫއުތަކުގެ މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް މަތީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
11 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
12 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
12 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
14 ގަޑިއިރު ކުރިން


