
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 04:38
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ހުޅުމާލެ ފޭސް އެކެއްގެ ހަތަރު ތަނެއް އިމިގްރޭޝަނުން ވަނީ ބަލައިފާސްކޮށްފައެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަތުމަށް ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި އެކަކު ހައްޔަރުކޮށް 3 މީހަކަށް ވަނީ ނޯޓިސް ދީފައެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބަށް، ރެކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ ކުރިމަތިލާން ހުޅުވާލީމަ: އީސީ
31 މިނިޓު ކުރިން

ަހައްޖު، އުމްރާ ކޮންފަރެންސަށް ސައުދީ ވަފުދެއް ރާއްޖެއަށް
37 މިނިޓު ކުރިން

ނޭޝަނަލް ޓީމްތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބޭނެ: ސްޕޯޓްސް މިނިސްޓަރ ރާފިއު
ގަޑިއިރެއް ކުރިން

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
12 ގަޑިއިރު ކުރިން


