ގޮއިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2025 - 12:18
ށ ގޮއިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ ގޮއިދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އެރަށުގައި ގާއިމް ކުރާ ކުނި އަދި ވަސީލަތް މެނޭޖް ކުރާ މަރުކަޒެކެވެ.
ގޮއިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ށ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ގޮއިދޫ ވަޑައިގެން ބޭއްވި ރަސްމީއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މިމަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުއެވެ. އަރިހުގައި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް، އަދި ގޮއިދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގޮއިދޫގައި އިމާރާތް ކުރެވޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް، ސެންޓަރުތައް ހިންގޭނެ އިންތިޒާމާއެކު ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުން ދަނީ ހަވާލުކުރަމުންނެވެ
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން