logo

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ އާއި ކާށިދޫއިން ބަޔަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 16:33

މަސްތުވާތަކެތީގެ ވަކިވަކި މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އާއި ކ. ކާށިދޫއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިޔުމާ ގުޅިގެން، ފުލުހުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ނުވަ ރަބަރު ޕެކެޓު ފެނިފައިވެއެވެ

.މި މައްސަލައިގައި ސ. ހިތަދޫ / ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޘިމް އާއި މާލެ / ހ. އަރާހަނދު، ނާޢިމް ޢަބްދުއްރަޝީދު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކާށިދޫގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެ / މ. ނަލަހިޔާމަންޒިލް، ޙަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 9.27 ގުރާމުގެ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://etukuri.mv/
https://www.aslu.com.mv