
މިހާތަނަށް ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 332 އަރައިފި

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2025 - 06:49
މިހާތަނަށްޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 332 އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ފަރާތުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ކާނެ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގައި މަރުވި މީހުންގެ އަދަދު ވަނީ 332 އަށް އަރާފައެވެ. މީގެ ތެރޭގައި 124 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ ފަތިހުން ފެށިގެން އިސްރާއިލްގެ ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވެއެވެ.
މީގެތެރެއިން 26 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީއަށް ދިން ހަމަލާތަކުގައެވެ.
ޝަހީދުވި މީހުންގެ ތެރެއިން 10 މީހުންނަކީ ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ހަމަލާދީ ޝަހީދުކޮށްލި މީހުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީއަށެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް ވަދެ، ހަމަލާދިނުމުގެ މަސައްކަތް ފަށާފައެވެ.
އައްޝިފާ ހޮސްޕިޓަލުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި އައްނަޞްރު ސަރަހައްދުގައި ހުރި ރޮށި ފިހާރައަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި 11 މީހުން ޝަހީދުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން