
އެންޒޯ މަރެސްކާ
ޗެލްސީ ކޯޗު މަރެސްކާ އެއްމެޗަށް ސަސްޕެންޑްކޮށްފި

ހަސަން ޝަމްއޫން - 15 އޮކްޓޯބަރު 2025 - 22:34
އިނގިރޭސި ޕްރިމިއާ ލީގުގައި މިމަހުގެ ކުރީކޮޅު ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި އެޓީމު ކޯޗު އެންޒޯ މަރެސްކާއަށް ރަތް ކާޑު ދެއްކި މައްސަލަ ބެލުމަށްފަހު އިނގިރޭސި އެފްއޭ އިން މަރެސްކާ ޖުުުުުރިމަނާ ކުރުމުގެ އިތުުރުން އެއްމެޗަށް ސަސްޕެންޑްކޮށްފިއެވެ.
އުމުރުން 45 އަހަރުގެ މަރެސްކާއަށް ލިވަޕޫލް މެޗުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ މެޗުގެ 95 ވަނަ މިނިޓުގައި އެސްޓެވާއޯ ކާމިޔާބުކުރި ލަނޑަށްފަހު، ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރުމަށް ޓެކްނިކަލް އޭރިއާއިން ބޭރަށް ނުކުތުމުންނެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު. އެ މެޗުގެ ފުރަތަމަ ހާފުުގައި ރެފްރީގެ ނިންމުންތަކާއި ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން މަރެސްކާއަށް ރީނދޫ ކާޑެއް ދައްކާފައިވާއިރު، މެޗުގެ ފަހުވަގުތު ދެއްކި ކާޑުގެ ސަބަބުން އެއްްމެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން އެފްއޭއިން ވަނީ 8،000 ޕައުންޑް މަރެސްކާ ޖޫރިމަނާ ވެސް ކޮށްފައެވެ.
މިއާއެކު އަންނަ ހަފްތަާގެ ހޮނިހިރު ދުވަހު ރަށުން ބޭެރުުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ޗެލްދީ ކުޅޭ މެޗުގައި މަރެސްކާ އަށް ޗެލްސީ ބެންޗުގައި ނުހުރެވޭނެއެވެ. އަދި އެމެޗުގައި މަރެސްކާގެ ބަދަލުގައި ޓީމަށް އިރުޝާދު ދޭނެކަމަށް ބެލެވެނީ އެސިސްޓެންޓް ކޯޗު ވިލީ ކަބަލޭރޯ އެވެ.
މިއީ 2024 ވަނަ އަހަރުގެ ޖޫން މަހު ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ފަހުން އިނގިރޭސި އެފްއޭ އިން މަރެސްކާ ސަސްޕެންޑްކުރި ދެވަނަ ފަހަރެވެ. އެގޮތުން ފުރަތަމަ މަރެސްކާ ސަސްޕެންޑްކުރީ މިއަހަރުގެ އޭޕްރީލް މަހުއެވެ. އެފަހަރު ވެސް އޭނާއަށް ސަސްޕެންޝަން ލިބުނީ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެޑްރޯ ނޭޓޯ 93 ވަނަ މިނެޓުގައި ޖެހި ލަނޑަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި ދެއްކި ރީނދޫ ކާޑަައެކު ތިން ރީނދޫ ހަމަވުމުންނެވެ.