
—
މިފްކޯ ރޯދަ ޕްރޮމޯ ފަށައިފި، އެއްވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ

އަހުމަދު ޒަލީފު - 17 ފެބްރުއަރީ 2023 - 10:35
އެއްވަނަ އަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ، މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އޭޕްރީލްމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ތެރޭގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މި ކޫޕަން ހުށަހަޅައިގެން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި ފައިސާގެ އިނާމު ލިބޭނެއެވެ.
މާލެ އާއި ހުޅުމާލެ ފޭސް 1، ފޭސް 2ގެ މަސް ފިހާރައިގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ މަސްފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންވަނީ ހުޅުވާލާފައެވެ.
އެންމެ ނަސީބުވެރި އެއް ވަނައަށް ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެ ވަނައަށް ހޮވޭ ފަރާތްތަކަށް 45000 ރުފިޔާ ތިން ވަނައަށް ހޮވޭ ފަރާތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން އަހުމަދު ޒާމް ވިދާޅުވީ މިފްކޯއިން ހުސްވުމެއްނެތި ކަސްޓަމަރުންނަށް މަހާއި މަސްދަޅު މި ރޯދަމަހު ވެސް އެއް އަގެއްގައި ފޯރުކޮށްދޭނެކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން