logo
ފުރާވަރު ކުދިންނަށް ވޭޕް އިޝްތިހާރުކުރި މައްސަލާގައި ޖޫލްސް ކުންފުންޏާ ދެކޮޅަށް އެމެރިކާގެ ސްޓޭޓްތަކުން އަންނަނީ ދައުވާކުރަމުން -- ފޮޓޯ| ސެތު ވިނިގް

ފުރާވަރު ކުދިންނަށް ވޭޕް އިޝްތިހާރުކުރި މައްސަލާގައި ޖޫލްސް ކުންފުންޏާ ދެކޮޅަށް އެމެރިކާގެ ސްޓޭޓްތަކުން އަންނަނީ ދައުވާކުރަމުން -- ފޮޓޯ| ސެތު ވިނިގް

ވޭޕް އިޝްތިހާރު ކުރި މައްސަލައިގައި ޖޫލްސް އިން ބޮޑު ބަދަލެއް ދޭން ނިންމައިފި

profile

މުޙައްމަދު މުއައްވަޒު - 14 އޭޕްރީލު 2023 - 00:00

އިލެކްޓްރޯނިކް ސިގިރޭޓް ނުވަތަ ވޭޕް އުފައްދާ އެމެރިކާގެ މަޝްހޫރު ޖޫލްސް ކުންފުނިން ފުރާވަރު ކުދިންނަށް ވޭޕް އިޝްތިހާރުކުރި މައްސަލައިގައި ބޮޑު ބަދަލެއް ދިނުމަށް އެއްބަސްވެއްޖެ އެވެ.

https://wamco.com.mv/

އެމެރިކާގެ 6 ސްޓޭޓަކުން ކުރި ދައުވާގެ ބަދަލެއްގެ ގޮތުގައި ޖޫލްސް ކުންފުނިން ދޭން ނިންމާފައިވަނީ 462 މިލިއަން ޑޮލަރެވެ. ބަދަލު ދިނުމަށް އެއްބަސްވި ނަމަވެސް އެކުންފުނިން ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ފުރާވަރު ކުދިންނަށް ވޭޕް އިޝްތިހާރު ކުރި މައްސަލައިގައި ބަދަލު ދިނުމަށް ނިންމީ އެކުންފުނީގެ ކުރީގެ މައްސަލަތަކެއް ހައްލުކުރުމުގެ ބޭނުމުގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފުރާވަރުކުދިންނަށް އަމާޒުކޮށްގެން ވޭޕް އިޝްތިހާރު ކުރި މައްސަލައިގައި މިދިޔަ އަހަރުވެސް އެކުންފުނި ވަނީ 438.5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެއާއެކު އެކުންފުނިން ބަދަކުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު މިހާރު ވަނީ 1 ބިލިއަން ޑޮލަރަށް އަރާފައެވެ.

ޖޫލްސް ކުންފުންޏާ ދެކޮޅަށް އެމރިކާގެ ގިނަ ސްޓޭޓްތަކުން ދައުވާކުރަމުން އަންނައިރު މިހާތަނަށް ނިމިފައިވަނީ ބައެއް މައްސަލަތަކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަދިވެސް ބައެއް ސްޓޭޓްތަކުން އެކުންފުންޏާ ދެކޮޅަށް ދައުވާކުރާނެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay