
މެންޗެސްޓަރ ޔުނައިޓެޑްގައި ރަޝްފޯޑަކަށް ކުރިމަގެއް ނެތް - ފާޑިނަންޑް

މުހައްމަދު ޞާދިޤް - 28 ޖެނުއަރީ 2025 - 05:20
މެންޗެސްޓަރ ޔުނައިޓެޑްގައި ރަޝްފޯޑަކަށް އެއްވެސް ކުރިއެރުމެއް މިހާރު ނެތްކަމަށް އެޓީމްގެ ލެޖެންޑް ރިއޯ ފާޑިނަންޑް ބުނެފިއެވެ.
ފާޑިނަންޑް މިހެން ބުނީ ކޯޗް އެމޯރިމް މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވިފަހުން އެންމެ މެޗެއް ފިޔަވައި ކުޅުނު އެހެން އެއްވެސް މެޗެއްގައި ރަޝްފޯޑް ބޭނުންކޮށްފައި ނުވާތީއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުޅުނު އެއްވެސް މެޗެއްގައި ރަޝްފޯޑް އަރުވާފައިނުވާތީ އެތައްބަޔަކު އެކަމާ ސުވާލު އުފައްދާފައިވާ ވަގުތެއްގައެވެ.
ރަޝްފޯޑާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެމުން ކޯޗް ރުބެން އެމޯރިމްބުނީ، ކޮންމެ މެޗެއްގައިވެސް އެކުޅުންތެރިއެއްގެ އެންމެ މަތީ ފެންވަރުގައި ކުޅުން ނުދެއްކޭނަމަ އޭގެ ބަދަލުގައި 63 އަހަރުގެ ކޯލްކީޕަރ ޓްރެއިނަރ ޖޯޖް ވައިޓަލް ޓީމް ސްކޮޑްގައި ހިމެނުންވެސް އޭނާއަށް މާރަނގަޅުކަކަށެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ ފާޑިނަންޑްބުނީ ރަޝްފޯޑް މިހާރު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ވެއްޖެކަމަށެވެ. މެންޗެސްޓަރ ޔުނައިޓެޑާއެކު 6 ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ ފާޑިނަންޑްބުނީ ކުޅުންތެރިޔާ މެޗެއްގައި ބޭނުން ނުކޮށް އޭނާގެ ކުޅުމާމެދު ސުވާލު އުފައްދާ ވާހަކަ ދެއްކުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށަވެ. ރަޝްފޯޑަކީ އެއަށްވުރެ އަޚްލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ. ރަޝްފޯޑް ދަނޑަށްއަރާ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ އެހެން ކުޅުންތެރިންނަށް ފުރުޞަތު ގެއްލޭނެ ކަމަށެވެ.
27 އަހަރުގެ ރަޝްފޯޑަކީ އުމުރުން 7 އަހަރުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑްގެ އެކި ޢުމުރުފުރާތަކުގެ ޓީމްތަކުގައި ކުޅެމުންއައި ކުޅުންތެރިއެކެވެ. އޭނާވަނީ 400 އަށްވުރެ ގިނަ މެޗް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެދީފައެވެ. އަދި ޔޫރަޕާ ލީގާއި ދެ އެފްއޭކަޕާއި އީއެފްއެލް ކަޕް އޭނާވަނީ ކާމިޔާބު ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެންޗެސްޓަރ ޔުނިޓެޑް ދައްކުވައިދިނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން - ޓެން ހާގް
4 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑުން ކޯޗަކަށް ޒަވީ އައްޔަން ކުރާނެތަ ؟
4 މަސް ކުރިން

މެޗުން ބަލިވީ އިންސާފެއް ނެތް ނިންމުމެއްގެ ސަބަބުން – ޓެން ހާގް
4 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ދެން އައްޔަންކުރާނީ ކާކު ؟
4 މަސް ކުރިން