
މެންޗެސްޓަރ ޔުނިޓެޑް ދައްކުވައިދިނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން - ޓެން ހާގް

މުޙައްމަދު ޞާދިޤް - 20 އޮކްޓޯބަރު 2024 - 13:30
އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗްގައި، ފަހަތުން އަރައި ދެގޯލް ޖަހައި ކާމިޔާބުކުރި މެޗަށްފަހު ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް ބުނީ، ޔުނައިޓެޑް އަދިވެސް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށްކަން ސާބިތު ކޮށްދީފި ކަމަށެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މިމެޗް ނިމުނީ 2-1 އިން ޔުނައިޓް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ލަނޑެއްޖަހާ ފުރަތަމަ ލީޑް ނެގީ ބްރެންޓްފޯޑެވެ. ލިބުުނު ކޯނަރަކުން ބޮލުން ގޯލްގެ ތެރެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީތަން ޕިނޮކްއެވެ. މިލަނޑު ބްރެންޓްފޯޑުން ކާމިޔާބުކުރީ ޔުނިއިޓެޑްގެ ޑި ލައިޓްގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ދެމުން ދިޔަ ވަގުތު ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވަގުތެެއްގައެވެ. މިލަނޑާއެކު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގެ ޔަޤީންކަމާމެދު އަނެއްކާވެސް ސުވާލު އުފެދިގެން ދިޔައެވެ. ސަސަބަކީ މިމެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ކޯޗް ޓެން ހާގްގެ މަޤާމުގެ ޔަޤީންކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކޮށްފައިވާތީއެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފަށްޓައިގެން 3 މިނިޓްވެސް ނުވަނީސް މެޗްގެ ނަތީޖާ ޔުނައިޓެޑަށް ހަމަހަމަ ކޮށްދިނީ އަލްހަންދްރޯ ގަނާޗޯއެވެ. ބްރޫނޯ ފެންނާޑޭޒްގެ ޕާހަކުން ދެވަނަ ލަނޑު 62ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަމްސުސް ހޮޖްލަންޑެވެ.
ރޭގެ މެޗަށްފަހު ބްރެންޓްފޯޑްގެ ކޯޗް ތޯމަސް ފްރޭންކް ބުނީ މެޗްގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ އޭނާގެ ޓީމްކަމަށެވެ. ނަމަވެސް ދެވަނަ ހާފްގައި އެކަން އަނެއްކޮޅަށް ބަދަލުވެގެން ދިޔަކަމަށެވެ.
ރޭގެ މެޗަށްފަހު މެންޗެސްޓަރ ޔުނިައިޓެޑް އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ 11 ވަނައިގައެވެ. އެއީ ކުޅުނު 11 މެޗުން ލިބުނު 8 ޕޮއިންޓާއެކުއެވެ. ބްރެންޓްފޯޑް އޮތީ 10 މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. މި ލީގުގެ އެއްވަނައިގައި އޮތީ 7 މެޗުން ލިބުނު 18 ޕޮއިންޓާއެކު ލިވަޕޫލެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ، އަދި ތިންވަނައިގައި އޮތީ އާސެނަލްއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން