
މެންޗެސްޓަރ ޔުނައިޓެޑުން ކޯޗަކަށް ޒަވީ އައްޔަން ކުރާނެތަ ؟

މުހައްމަދު ޞާދިޤް - 24 އޮކްޓޯބަރު 2024 - 08:28
ބާސެލޯނާގެ ކުރީގެ ތަރި އަދި އެޓީމްގެ ކުރީގެ ކޯޗް ޒަވީ ހެނާންޑޭޒް އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް އައްޔަން ކޮށްފާނެތޯއެވެ؟ މީ އެ ޓީމުގެ ސަޕޯޓަރުން މިހާރު އުފައްދަމުން އަންނަ ބޮޑު ސުވާލެކެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އަދި އެނޫންވެސް މުބާރާތްތަކުގައި މިސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާ ތަކުގެ ސަބަބުން މެންޔޫގެ ސަޕޯޓަރުން ކޯޗް ޓެން ހާގްގެ މަޤާމާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ބުނާ ގޮތުގައި ޓީމްގެ މެނޭޖްމަންޓުން ޓެން ހާގް ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ. އަނެއްބަޔަކު ފާޅުގައި ގޮވަމުންދަނީ ޓެން ހާގް މަޤާމުން ވަކިކުރާށެވެ. ބޮޑެތި ހޭދަތަކޮށް ސީޒަން ފެށްޓޭއިރު ކުޅުންތެރިން ގަނެ ސަޕޯޓަރުން އެންމެ ބޭނުންވާ ނަތީޖާ ނުނެރެވޭ ނަމަ މަޤާމުގަ ބެހެއްޓުމުގެ މާނައެއް ނެތްކަމަށްވެސް ސަޕޯޓަރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލިޔަމުން ދެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ޒަވީ މެންޗެސްޓަރ ޔުނައިޓެޑާ ޙަވާލުވެއްޖެނަމަ ބްރެޒިލްގެ ވިންގަރ ރަފީނިއާ އެޓީމަށް ގެނައުމުގެ ވިސްނުންވެސް ގެންގުޅެއެވެ. މީ ޔަޤީނުންވެސް މެންޗެސްޓަ ޔުނައިޓެޑްގެ ސޕޯޓަރުންނަށް ހިތްހަމަޖެހުން ގެނުވާނެ ކަމަކަށް ވާނެއެވެ. ނަމަވެސް މިކަންކަން ޙަޤީޤަތަކަށްވާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ.
22022 ވަނަ އަހަރު އެރިކް ޓެން ހާގް މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވެ ސަޕޯޓަރުން އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް އީއެފްއެލް ކަޕާއި އެފްއޭކަޕްގެ ތަށި ޓެންހާގްގެ އިރުޝާދުގެ ދަށުން އެޓީމް ނަގާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެންޗެސްޓަރ ޔުނިޓެޑް ދައްކުވައިދިނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަން - ޓެން ހާގް
5 މަސް ކުރިން

މެޗުން ބަލިވީ އިންސާފެއް ނެތް ނިންމުމެއްގެ ސަބަބުން – ޓެން ހާގް
4 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ދެން އައްޔަންކުރާނީ ކާކު ؟
4 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ރުބެން އެމޯރިމް
4 މަސް ކުރިން