logo

މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ރުބެން އެމޯރިމް

profile

މުހައްމަދު ޞާދިޤް - 01 ނޮވެމްބަރު 2024 - 21:10

https://wamco.com.mv/

މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑްކޯޗަކަށް ސްޕޯޓިންގ ލިޒްބަންއަށް އިރުޝާދު ދެމުންއައި ރުބެން އެމޯރިމް ހަމަޖައްސައިފިއެވެ.

އެރިކް ޓެން ހާގް މަޤާމުން ވަކިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ކަމުގެ މަޤާމަށް އައްޔަންކުރާނީ ކާކުތޯ، ސަޕޯޓަރުން އައީ ސުވާލު އުފައްދަމުންނެވެ. އެސުވާލަށް މިހާރުވަނީ ނިމުން އައިސްފައެވެ. ޕޯޗްގީޒް ލީގުގައި މި ސީޒަންގައި ރަނގަޅު ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ސްޕޯޓިންގގެ ކޯޗް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއްބަސްވުން އޮތްގޮތުން 2027 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އޭނާ އެމަޤާމުގައި ހުންނާނެއެވެ. 39 އަހަރުގެ އެމޯރިމް މެންޗެސްޓަރ ޔުނައިޓެޑްގެ މަސައްކަތްތަކާ ޙަވާލުވާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށްޓިގެންނެވެ. ރަސްމީކޮށް މެންޗެސްޓަރ ޔުނައިޓެޑާ އެމޯރިމް ޙަވާލުވަންދެން ހެޑް ކޯޗްގެ ޒިންމާ ނަގާނީ އެސިސްޓެންޓް ކޯޗްގެ މަޤާމުގައި މިވަގުތު ހުރި އެޓީމްގެ ކުރީގެ ސްޓްރައިކަރ ރުޑް ވެން ނެސްޓްލްރޫއީއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚްގައި އެންމެ ކާމިޔާބު ކޯޗް ސަރ އެލެކްސް ފާގަސަން އަށްފަހު، އެމޯރިއަމްއަކީ އެޓީމާ ޙަވާލުވާ 6 ވަނަ ކޯޗެވެ. ފާގަސަންވަނީ ޖުމްލަ 26 އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އެމޯރިއަމްގެ ޓްރާންސްފަރ ފީގެ ގޮތުގައި 11 މިލިއަން ޔޫރޯ މެންޗެސްޓަރ ޔުނައިޓެޑްއިން ސްޕޯޓިން ލިޒްބަންއަށް ދައްކަން ޖެހެއެވެ. ރުބެން އެމޯރިއަމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އެންމެ ފުރަތަމަ ކުޅޭނެ މެޗަކަށްވާނީ މިމަހުގެ 24 ވަނަ ދުވަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay