
މެޗުން ބަލިވީ އިންސާފެއް ނެތް ނިންމުމެއްގެ ސަބަބުން – ޓެން ހާގް

މުހައްމަދު ޞާދިޤް - 28 އޮކްޓޯބަރު 2024 - 05:56
ވެސްޓް ހެމްގެ ދަނޑުގައި ރޭ ކުޅުނު މިމެޗް ވެސްޓްހެމް ކާމިޔާބުކުރީ 2-1 އިންނެވެ. މިމެޗްގައި ލަނޑުތައް ފެނުނީ ދެވަނަ ހާފްގައެވެ. ލަނޑެއްޖަހާ ފުރަތަމަ ލީޑެއް ނެގީވެސް ވެސްޓްހެމްއިންނެވެ. ޑެނީ އިންގްސްގެ ޕާހަކުން މިލަނޑު ވެސްޓްހެމްއަށް ކާމިޔާބުކޮށްދިނީ ސަމަވިލްއެވެ. މެންޗެސްޓަރ ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ 84 ވަނަ މިނިޓްގައެވެ. މިލަނޑު މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކަސަމިރޯއެވެ. އެހެންނަމަވެސް މެޗުން ތިން ޕޮއިންޓް މެންޗެސްޓަރ ޔުނައިޓެޑަށް ގެއްލުނީ މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގައި ވެސްޓްހެމްއަށް ލިބުނު ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރުމުންނެވެ. މި ޕެނަލްޓީ ކާމިޔާބޔުކޮށް ތިން ޕޮއިންޓް ވެސްޓްހެމްއަށް ކަށަވަރު ކޮށްދިނީ ބޮވެންއެވެ.
މެޗަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގްބުނީ އޭނާގެ ޓީމް ބަލިވީ ބޭއިންސާފުން އިދިކޮޅުޓީމަށް ދިން ޕެނަލްޓީއެއްގެ ސަބަބުން ކަމަށެވެ. ރޭގެ މެޗުން ބަލިވުމަކީ އޭނާއަށް ޤަބޫލުކުރަން ފަސޭހަ ކަމެއްނޫންކަމަށާއި، އަދި އިންސާފެއްވެސް ނޫންކަމަށެވެ. އަދި ސީޒަން ފެށްޓުމުގެ ކުރިން ވީއޭއާރާ ގުޅޭގޮތުން ދިން އިރުޝާދުތަކާއި ރެފްރީންގެ ނިންމުންތަކާ މުޅިން ތަފާތު ކަމަށެވެ. ގޯލަކަށް ބަދަލުކޮށްލަން ސަތޭކަ ޕަސެންޓްގެ ޗާންސްލިބި ބޭނުން ނުކުރެވުމަކީ ދެރަ ކަމެއްކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ބޮލުގައި އިލްޒާމް އަޅުވާކަށް ބޭނުމެއް ނުވާކަމަށެވެ.
\މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު މެންޗެސްޓަރ ޔުނައިޓެޑަށްލިބި ވަނީ ބޭނުންކުރެވޭ ގޮތް ނުވެފައެވެ. ރޭގެ މެޗަކީ މިސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ނުވަ މެޗްގެތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ.
ރޭގެ ބައްޔަށްފަހު ެންޗެސްޓަރ ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ 14 ވަނައިގައި 11 ޕޮއިންޓާއެކުއެވެ. ވެސްޓްހެމްއަށްވެސް 11 ޕޮއިންޓް ލިބި 13 ވަނައިގައި އޮތީ ލަނޑުގެ ގޮތުންވެސް އެއްވަރުވެ ހެޑް ޓު ހެޑުން ކުރި ލިބޭތީއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
2 އަހަރު ކުރިން

އޮޒިލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި
2 އަހަރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި ސަރ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހިމަނައިފި
2 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
2 އަހަރު ކުރިން