logo
ރައީސް ޔާމީން —- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން —- ފޮޓޯ: ޕީޕީއެމް

ޖަލަށް ލެވިދާނެ، އެކަމަކު އަޒުމަކަށް ބަދަލެއް ނާންނާނެ - ރައީސް ޔާމީން

profile

އަހުމަދު ޒަލީފު - 23 ޑިސެމްބަރު 2022 - 19:48

މިމަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ އާރަށު މައްސަލައިގައި ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

" ކިހިނެއްތޯ އަޅުގަނޑުގެ ޚިޔާލު ހިފަހައްޓަނީ މީހަކު. އަޅުގަނޑުގެ ޝުޢޫރުތައް ކާކުތޯ ހިފަހައްޓާނީ. ޖަލަށް ދާން ޖެހިދާނެ. މޯދީ ހިތްހަމަ ނުޖެހެންޏާމު މާދަން ނޫން އަނެއް ދުވަހުވެސް ޖަލަށް ދާން ޖެހިދާނެ. އެކަމަކު ރައީސް ޔާމީންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ. ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ވ.އާރަށުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅޭ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދިޔައީ ނޮވެމްބަރު 30 ވަނަ ދުވަހުއެެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން ދެބޭފުޅުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އެ ކަން ސާބިތު ކުރަން ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެއެވެ.

އިންޑިއާގެ ޕްރައިން މިނިސްޓަރ މޯދީއަށް ރައީސް އަބްދުﷲ ޔާމީން ވެސް އަދި ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް ލީޑަރެއް ވެސް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޢ ވަނީ ވިދާޅުވެފައެވެ.

" މޯދީއާއި އިންޑިޔާ ސަފީރު އަޑުއައްސަވާ، ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުން ކަލޭމެންނަށް ވިކުނަސް ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުންނެއް ކަލޭމެންނަކަށް ނުގަނެވޭނެ. އިންޑިޔާއިން ކީއްވެގެންތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ. މިއީ އަޅުގަނޑުގެ ޤައުމޭ. މިއީ އިންޑިޔާގެ އަވަށެއް ނޫނޭ. މިއީ އިންޑިޔާގެ ޕްރޮވިންސެއް ނޫނޭ" ޔާމީން ވިދާޅުވިއެވެ.

https://etukuri.mv/
https://www.aslu.com.mv