logo
ރައީސް ޔާމީން ކަރެކްޝަންގެ ބެލުމުގެ ދަށުގައި : ފޮޓޯ ވަގުތު

ރައީސް ޔާމީން ކަރެކްޝަންގެ ބެލުމުގެ ދަށުގައި : ފޮޓޯ ވަގުތު

ހިތްވަރު ކުރާނަން ، ގަދަކޮށް ތިއްބަވާ - ރައީސް ޔާމީން

profile

އަހުމަދު ޒަލީފު - 25 ޑިސެމްބަރު 2022 - 11:29

ޕީޕީއެމްގެ ސަޕޯޓަރުން ގަދަކޮށް ތިބުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.

https://wamco.com.mv/

"އެއްގޮތަކަށް ވެސް ހިތްވަރު ދޫކޮށް ނުލައްވާށޭ އިރާދަކުރެއްވިއްޔާ ތިމަން މަނިކުފާނު ހިތްވަރު ކުރައްވާނަމޭ. އެމަނިކުފާނުގެ އެދިވަޑައިގަތުން މި ދަންނަވާލީ." ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ..

ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް މި ދަޢުވާ ކޮށްފައިވަނީ، ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ.އާރަށް ޔޫޞުފް ނަޢީމްގެ ޙިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ނުފޫޒު ފޯރުވުމުން، އެ ކަމުގެ މުޤާބިލްގައި،. ޔޫޞުފް ނަޢީމްގެ ނަމުގައި ހުޅުވާފައި ބޭންކް އޮފް މޯލްޑިވްސްފައި ހުޅުވާފައިވާ އެކައުންޓަކުން ޗެކެއް، 15 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި ދޫކުރި، އެއް މިލިއަން ޑޮލަރު ޤަބޫލުކޮށް، މި ޗެކް ރައީސް ޔާމީންގެ ނަމުގައި އެޗްއެސްބީސީގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް 17 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ކަމާކޮށް، ރިޝްވަތު ޤަބޫލުކޮށްފައި ވާތީއެވެ.

ހަމައެހެންމެ، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރ 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުން ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރާއި (3) ވަނަ ނަމްބަރާއި، ޙަވާލާދީ އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ ޟާއްދާ (ހ) ގެ (1) ވަނަ ނަމްބަރާއި (6) ވަނަ ނަމްބަރާއި (7) ވަނަ ނަމްބަރުގެ ދަށުންނެވެ.

ިމި މައްސަލައިގެ ހުކުމް މިއަދު ކުރައްވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay