logo
ރައީސް ޔާމީން — ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން — ފޮޓޯ: ޕީޕީއެމް

އިންޑިޔާގެ ސަފީރާއި މޯދީއަކަށް އަޅުގަނޑެއް ނުގަނެވޭނެ - ރައީސް ޔާމީން

profile

އަހުމަދު ޒަލީފު - 23 ޑިސެމްބަރު 2022 - 19:25

އިންޑިއާގެ ޕްރައިން މިނިސްޓަރ މޯދީއަށް ރައީސް އަބްދުﷲ ޔާމީން ވެސް އަދި ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް ލީޑަރެއް ވެސް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

" މޯދީއާއި އިންޑިޔާ ސަފީރު އަޑުއައްސަވާ، ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުން ކަލޭމެންނަށް ވިކުނަސް ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުންނެއް ކަލޭމެންނަކަށް ނުގަނެވޭނެ. އިންޑިޔާއިން ކީއްވެގެންތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ. މިއީ އަޅުގަނޑުގެ ޤައުމޭ. މިއީ އިންޑިޔާގެ އަވަށެއް ނޫނޭ. މިއީ އިންޑިޔާގެ ޕްރޮވިންސެއް ނޫނޭ" ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ބަހުގެ ހަމަލާތައް މިރޭ އެންމެ ބޮޑަށް އަމާޒުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށެވެ. އެއަށްފަހު އިންޑިއާ އަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ "ކަސްބީ ހާރިޖީ ސިޔާސަތެއް" ކަމަށެވެ.

" ހާރިޖީ ސިޔާސަތަކީ ކަސްބީ ސިޔާސަތެއް. ވަރަށް ކަސްބީ ސިޔާސަތެއް. ލޯ ހުޅުވާށޭ ބުނީމަ ލޯ ހުޅުވާނެ މިއަދު. ދެންވެސް ހުޅުވާށޭ ބުނާތަނެއް ހުޅުވަން ޖެހޭނީ. އެހެން ދަންނަވަން މި ޖެހެނީ ކީއްވެގެންތޯ. އެއީ އަބަދު ނާށިގަނޑު ހިފައިގެން އުޅެން ޖެހޭތީ. އަޅުގަނޑުމެންނަށް ހުޅަނގަކަށް ދަތުރެއް ނުކުރެވޭ. ދެކުނަކަށް ދަތުރެއް ނުކުރެވޭ . އިރަކަށް ދަތުރެއް ނުކުރެވޭ. ހަމަ އެކަނި ޖެހެނީ އުތުރަށް ދަތުރު ކުރަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާގައި މިހާރު އޮތް ހިންދޫންގެ ސަރުކާރަކީ މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވާ ސަރުކާރު ކަމަށެވެ. "މުސްލިމުންނަށް އެންމެ އަނިޔާވެރިކޮށް ކަންތައްތައް ކުރަމުން އެގެންދަނީ މިހާރު އިންޑިއާގައި މިއޮތް އާރްއެސްއެސް އާއި ބީޖޭޕީ ސަރުކާރު." ޔާމީން ވިދާޅުވިއެވެ.

ފެލާލައިފި” ނަމުގައި މި ޖަލްސާ ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިރު އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay