logo
ރައީސް ޔާމީން - ފޮޓޯ ވަގުތު

ރައީސް ޔާމީން - ފޮޓޯ ވަގުތު

މަނީލޯންޑިރިން ކުރުމުގެ ކުށްވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފި

profile

އަހުމަދު ޒަލީފު - 25 ޑިސެމްބަރު 2022 - 07:29

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.

https://wamco.com.mv/

މި ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރ 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުން ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރާއި (3) ވަނަ ނަމްބަރާއި، ޙަވާލާދީ އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ ޟާއްދާ (ހ) ގެ (1) ވަނަ ނަމްބަރާއި (6) ވަނަ ނަމްބަރާއި (7) ވަނަ ނަމްބަރުގެ ދަށުންނެވެ.

މި ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި، 09 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ވ.އާރަށް ޓޫޖީ ޕްރައިވެޓަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން، އެ ކުންފުނީގެ ޙިއްސާދާރެއްކަމަށްވާ ޔޫޞުފް ނަޢީމް ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި ޔޫޞުފް ނައީމްގެ ނަމުގައިވާ އެކައުންޓަކުން އެއް މިލިއަން ޑޮލަރު 15 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ރައީސް ޔާމީނަށް ދޫކުރުމުން ރައީސް ޔާމީން އެ ފައިސާ ޤަބޫލުކޮށް 17 ސެޕްޓެމްބަރ2015 ވަނަ ދުވަހު އެ އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ ނަމުގައި އެޗްއެސްބީސީގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް ބެހެއްޓުމަށްފަހު، 22 ފެބްރުއަރީ 2016 ދުވަހު، އެ ކައުންޓުގައި ހުރި އިތުރު ފައިސާ އާއި އެކު، އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު، ބޭންކް އޮފް މޯލްޑިވްސްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެ އެކައުންޓުގައި ހުރި ފައިސާއާއި އެކު، އެއް މިލިއަން ދެ ލައްކަ ނުވަދިހަ ފަސްހާސް އެމެރިކާ ޑޮލަރު، މޯލްޑިވްސް އިސްކާމިކް ބޭންކްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް 21 ފެބްރުއަރީ 2017 ގައި ޖަމާކުރުމަށްފަހު، އެ އެކައުންޓުގައި ހުރި ޖުމްލަ، ތިން މިލިއަން ހަތަރުލައްކަ ތެރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރު އެމްއައިބީގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް 14 މާރޗް 2017 ގައި ޖަމާކޮށް، އެ ފައިސާއިން މަންފާ ހޯދުމަށްޓަކައި، 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާތީއާއި، ރައީސް ޔާމީން ލޯންޑަރކޮށްފައިވާ އެމް މިލިއަން އެމެރިކާ ޑޮލަރާއި، މި ފައިސާ އާއި އެއްކޮށްފައިވާ ދެ މިލިއަން ހަތަރު ލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް އެމެރިކާ ޑޮލަރު) އާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ދަޢުލަތަށް ނަގައިދިނުމަށް ކޮށްފައިވާ ދަޢުވާ އެކެވެ.

ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދަޢުވާ ސާބިތުކުރުމަށްޓަކައި، ދަޢުލަތުން ހުށަހެޅި ނުވަ ޝަފަހީ ހެއްކެއްގެ ހެޖިބަސް ނަގާފައިވެއެވެ. އެގޮތުން ޢަބްދުﷲ ޝީފާޒާއި، އިބްރާޙިމް ޒުހައިރުއާއި، ފަސީޙު ޒާހިރު އާއި، އަޙުމަދު ތަޢުސީފް އާއި، މުޙައްމަދު ޙުސައިން އާއި، އަޙުމަދު ނާޒިމް އާއި، މާކް އެންޑްރޫ ރިގްބީ އާއި ޢަބްދުﷲ ޒިޔާތުގެ އިތުރުން، އަޙުމަދު އަދީބްގެ ހެކިބަސް ވަނި ނަގާފައެވެ. މީގެ އިތުރުން، މި ދެ ދަޢުވާ ސާބިތުކުރުމަށްޓަކައި، ކިތާބީ ހެކީގެ ގޮތުގައި ގިނަ ހެކިތަކެއް ދަޢުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، މި ފައިސާގެ މުޢާމަލާތް ހިންގާފައިވާ ގޮތް އަންގައިދިނުމުގެ ގޮތުން، ފައިސާ ދަޢުރުކޮށްފައިވާ ގޮތުގެ ބޭންކް ސްޓޭޓްމަންޓް ތަކާއި، ގިނަ ޕޮރެންސިކް ހެކިތަކެއް ވަނީ ހުށަހަޅާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާ އިން ދިފާޢުވުމަށްޓަކައި، އެމަނިކުފާނު ފަރާތުންވެސް ވަނީ ދިފާޢީ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން، މާލޭ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް އާއި، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު ޝާހިދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އާއި، މުޙައްމަދު މުޖުތާޒު އާއި ޢަބްދުﷲ ރަޝީދުގެ އިތުރުން، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލްގެ ހެކިބަސް ވަނީ ދިފާޢީ ހެކިންގެ ގޮތުގައި ޝަރީޢަތަށް ނަގާފައެވެ. ހަމައެހެން، ޔޫޞުފް ނަޢީމާއި، ރައީސް ޔާމީން އާއި ދެމެދު ކުރެވުނު ފައިސާގެ މުޢާމަލާތަކީ، ޑޮލަރު ގަނެ ވިއްކުމުގެ މުޢާމަލާތެއްކަން ސާބިތު ކުރުމަށްޓަކައި، ޑޮލަރު ވިއްކި ލިޔުމުގެ ގޮތުގައި ލިޔުމެއްވެސް ވަނީ ހުށަހަޅާފައެވެ.

ކުށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައަޅަމުން ވިދާޅުވެފައިވެއެވެ.

"ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިއިރު، އަންނަނިވި ކަންކަން ޝަރީޢަތުން ފާހަގަ ކުރަން.ޔޫޞުފް ނަޢީމް ރިޝްވަތެއްގެ ގޮތުގައި އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 15 ސެޕްޓެމްބަރ 2015 ވަނަ އަހަރު ދޫކުރިކަން. އެއަށް ފަހު 2015 ސެޕްޓެމްބަރ 17 ވަނަ ދުވަހު އެ ޗެކްގައިވާ އެއް މިލިއަން ޑޮލަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އެޗްއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަން. 2016 ފެބްރުއަރީ 22 ވަނަ ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި އެޗްއެސްބީސީގައި ހުޅުވާފައިވާ އެކައުންޓްގައި ހުރި ޖުމްލަ އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކޮށްފައިވޭ. 2017 ފެބްރުއަރީ 21 ވަނަ ދުވަހު ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްގައި ހުރި ޖުމްލަ ފައިސާ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވޭ. އަދި މި ފައިސާ 36 މަސް ދުވަހަށް އިންވެސްޓްކޮށްފައިވޭ" ޝަރީޢަތުން ވިދާޅުވިއެވެ.

"މަތީގައި ބަޔާންކޮށްފައިވާ ފައިސާގެ ޓްރެއިލްއަށް ބަލާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި އެކި އެކި ބޭންކް ތަކުގައި ހުޅުވާފައިވާ އެކި އެކައުންޓްތަކުން ޓްރާންސްފާރ ކޮށްފައިވާކަން އެނގެން އޮތް އިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާނަމަވެސް ސުވާލު އުފެދޭނެ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހުރި މަޤާމުގެ ގޮތުން އޭނާ އަކީ މިވަރުގެ ފައިސާ ލިބެން ޖެހޭ މަޤާމެއްގައި ހުރި މީހެއް ކަމަކަށް ދަލާލަތުކޮށްދޭ ކަމެއް މި މައްސަލައިގައި ފެންނާކަށް ނެތް. ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ވ.އާރަށުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅަން ވިސްނި އަގު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދާއި އެއްގޮތަށް ބަދަލު ކުރެވުނު ކަމާއި، ސޮއި ކުރުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް އަނެއްކާވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދާއި އެއްގޮތަށް އަގު ބަދަލު ކުރެވުނުކަމަށް ހެކިބަސް ލިބިފައިވާއިރު، ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދުމަށްޓަކައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މަސައްކަތް ކޮށްފައިވާކަން ސާފުވެގެން ދޭ. އަދި އެއަށް ފަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއް ރީ އެކްޓިވޭޓްކޮށް އެ އެކައުންޓަށް ޔޫޞުފް ނަޢީމްގެ ނަމުގައިވާ އެކައުންޓަކުން ފައިސާ ޖަމާކޮށްފައިވާ ޖަމާވުމަކީ އެއީ އިޢްތިފާޤެއް ކަމަށް ޝަރީޢަތުން ނުދެކެން" ޝަރީޢަތުން ވިދާޅުވެފައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay