logo
ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު - ބޮޑު ޖަލްސާގެ ތެރެއިން

ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު - ބޮޑު ޖަލްސާގެ ތެރެއިން

އިންޑިޔާ ސިފައިން މި ޤައުމުން ބޭލޭނީ ޤާސިމަށް - ޢަލީ ޙުސައިން

profile

އަހުމަދު ޒަލީފު - 05 ސެޕްޓެމްބަރު 2023 - 12:26

ރާއްޖޭގައި މިހާރު ތިބި އިންޑިޔާގެ ސިފައިން މި ޤައުމުން ބޭލޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ޤާސިމްގެ ކެމްޕެއިންގައި ގއ ވިލިނގިއްޔަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާޙިމްގެ ކެމްޕެއިންގައި ހަނިމާދޫއަށް ކުރި ދަތުރުގައި އެ ރަށުން އިންޑިޔާ ސިފައިން ފެނުނު ކަމަށާއި، އުތުރު ތިލަފަޅުގައިވެސް އިންޑިޔާގެ ސިފައިން އެބަ ތިބި ކަމަށް މީގެ ކުރިން އަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން ގައުމަށް ހެޔޮ ނޭދޭވަރަކަށް ބޭރު ގައުމަކުން ހެވެއް ނޭދޭނެ. ވަކި މީހަކު ވެރިކަމަށް ގެންނަން ބޭރު ގައުމަކުން މަސައްކަތްކުރާނަމަ އެއީ ގޯހެއް. އެމީހަކަށްވެސް ސަމާލުވާންޖެހޭނެ. ހަނިމާދޫން ފެނުނީ އިންޑިއާ ސިފައިން. އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން އެބަތިބި. ސިފައިންނަށް ނުވަދެވޭ ތަންތަން އެބަހުރި. އެގްރިމެންޓް ދައްކާނުލި - ޢަލީ ވިދާޅުވިއެވެ.

އަލީ ވަނީ މި އެގްރީމަންޓުގައި ސޮއިކުރީ ދިވެހިންގެ ފަރާތުންކަމުގައިވާއިރު މި އެގްރީމަންޓު މަޖިލީހުގައި ރައްޔިތުންގެ ހިއްސާވާ 241 ކޮމިޓީއަށް ދައްކަން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަން ހާމަކުރައްވާފައެވެ. އަދި އެގްރީމަންޓު ނުދައްކަނީ ގޯސްތަކެއް ހެދިފައިވާތީކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށާއި ދިވެހިންގެ ދާހިލީ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކަށް ބަސް ނުކިޔޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރުގަ ބޭރު ގައުމެއްގެ ސިފައިން އަރާ ފުރިފައޭ އެރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ އެކަހަލަ ވާހަކަ ދެއްކެވުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގައި އެއަތޮޅު އިނގުރައިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބައެއް ކެންޑިޑޭޓުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން، ރާއްޖޭގައި ގިނަ އަދަދަކަށް ބޭރު ސިފައިން ގާއިމްވެ ތިބޭކަމަށް ބުނަމުން ދާކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮތް ސާޅިސް ފަސްހާހުގެ ބޮޑު ސަރަހައްދެއް އިންޑިއާގެ ޕްރޮކްސީއަކަށް ރައީސް ސާލިހް ވިއްކަވާލައްވާފައިވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319