
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---
'ޕޮލިިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' ކޮންމެ އަހަރަކު ބާއްވަން ނިއްމައިފި

އަހުމަދު ޔައީޝް - 17 ޖެނުއަރީ 2023 - 08:22
'ޕޮލިިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' ކޮންމެ އަހަރަކު ބާއްވަން ނިއްމައިފިއެވެ.
މިއަދު ހޯމް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ފުލުހުންގެ އައު ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ ފަރާތުން ފުލުހުންގެ ހިދުމަތްކުރިއަރުވާ ހަރުދަނާ ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން އާންމުންގެ ހިޔާލާއި މަޝްވަރާވެސް ހޯދަމުންދާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، 'ޕޮލިިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' ކޮންމެ އަހަރަކު ބާއްވަން މަޝްވަރާ ލިބުނީ މިގޮތުން އާންމުންނާއެކު ބޭއްވުނު ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުން ކަމަށެވެ.
އިމްރާން ވިދާޅުވީ، މި އަހަރުގެ 'ޕޮލިިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' އަންނަ މާރޗު މަހުގެ 18 ވަނަ ދުވަހުން 20 ވަނަ ދުވަހަށް ބާއްވަން ނިއްމާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިއަދު މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕޮލިސް ބޯޑުގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން