logo

3 ރަށެއްގައި އައިސްޕްލާންޓް ހެދުމަށް އަންނަ ހަފްތާގައި ހަވާލުކުރަނީ

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 18:35

ދޯނިތަކަށް އައިސް އެޅުމަށް ތައްޔާރުވަނީ

ދޯނިތަކަށް އައިސް އެޅުމަށް ތައްޔާރުވަނީ

ތިން ރަށެއްގައި އައިސްޕްލާންޓް ހެދުމަށް އަންނަ ހަފްތާގައި ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިންނާ މަޝްވަރާ ކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ސައުދީ ފަންޑުގެ ދަށުން ކުރިއަށްދާ ބައެއް ޕްރޮޖެކްޓުތައް މިމަހުގެ ފަހުކޮޅު އެވޯޑްކުރެވިގެންދާނެ ކަމަށް މަޢުލޫމާތު ދީފައެވެ.

އަދި ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫގެ އައިސްޕްލާންޓް ޕްރޮޖެކްޓް ކޮންޓްރެކްޓަރާ ޙަވާލުކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާ މަސް ރައްކާކުރާ ކާރުޚާނާތަކާ ގުޅޭ މަޢުލޫމާތުވެސް ޙިއްސާކުރެއްވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި ޕްރޮޖެކްޓް އިވެލުއޭޝަންގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއާ ގުޅުންހުރި އިންޖިނިއަރެއް ނެތުމުންނެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މިއަހަރު ޕީއެސްއައިޕީގެ ތެރޭގައި ހިމެނިފައިވާ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް އެދިލައްވާފައެވެ. އަދި ޕްރޮޖެކްޓްތައް ހިންގުމަށް ކުރިމަތިވާ ދަތިތައް ޙިއްޞާކުރެއްވުމަށްވެސް އެދިލެއްވިއެވެ. މީގެ އިތުރުން، ޕްރޮޖެކްޓްތައް ހިންގުމަށް އެ ވުޒާރާޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެރުވިއެވެ.

tel:+9607331319