logo

މަސްވެރިންގެ ދަފްތަރުގައި 41 އިންސައްތަ ދޯނި ރަޖިސްޓްރީކޮށްފި

profile

އާމިނަތު ޝަފާ - 16 އޯގަސްޓު 2024 - 17:43

ފަޅުގައި އަޅާފައިވާ ދޯނިތަކެއް

ފަޅުގައި އަޅާފައިވާ ދޯނިތަކެއް

މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ އަތޮޅުގެ 41 އިންސައްތަ މަސްދޯނި މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދީފިއެވެ.

އެ ވުޒާރާއިން ބުނީ ގއ. އަތޮޅުގެ ކައުންސިލްތަކާއި މަސްވެރިންނާއި މަސްވެރި ވުޒާރާ ގުޅިގެން އެ އަތޮޅުގެ ހުރިހާ މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް 41 އިންސައްތަ މަސްދޯނި ރަޖިސްޓްރީކުރެވިފައިވާކަމަށެވެ.

މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށް ގއ، ގދ. އައްޑޫ ސިޓީ، ފުވައްމުލައް، ލ، ށ، އދ އަދި ހދ. އަތޮޅުގައި ވުޒާރާގެ އިސް ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު މި އަތޮޅުތަކުގެ މަސައްކަތް ނިމުމުން ދެން ޓީމުތައް ހަރަކާތްތެރި ވާނީ ހއ، ޅ، ތ، އަދި މާލެ ސަރަހައްދުގައިއެވެ.

މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުމެވެ. ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މައުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މަސްވެރިންގެ ދަފުތަރުން މަސްވެރިޔާއަކީ ދައުލަތް ބަލައިގަންނަ އަބުރުވެރި ފަރާތަކަށް ވެގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

tel:+9607331319