logo

ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދީފި

profile

އާމިނަތު ޝަފާ - 21 އޯގަސްޓު 2024 - 19:30

މިނިސްޓަރ ޝިޔާމް

މިނިސްޓަރ ޝިޔާމް

މާލެ އަތޮޅު ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ދޫކޮށްލައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާބެހޭ ވަޒީރު އަހްމަދު ޝިޔާމްއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ އެރަށަކީ ކަންނެލި މަސްވެރިކަމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މިފްކޯގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ކަމަށެވެ.

"އޮގަސްޓު މަހު 4 ވަނަ ދުވަހު ކަނޑުއޮތްގިރި މިވަނީ އެމްއެންޑީއެފްގެ ބޭނުމަށް ދޫކުރެވިފައި. ދޫކުރެވިފައި މިދެންނެވީ އެމްއެންޑީއެފަށް ބަދަލުކުރެވިފައިވަނީ. ކަންނެލި މަސްވެރިކަމުގައި ހުރި ދަތިތަކަށް ކަނޑުއޮތްގިރީގެ ސަބަބުން އެދެވޭ ހައްލެއް ލިބިފައިނުވޭ".

ވަޒީރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޓަކައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ދިގު މުއްދަތަކަށް އެ މަސައްކަތްތައް ކުރެވުނު ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ގެނެވުނު ބަދަލާއެކީ އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކަނޑުއޮތްގިރިއަކީ ބޮޑު ކަންނެލި ގަތުމަށް ހަދާފައިވާތަނެއްނަމަވެސް ބަނދަރުގެ މައްސަލަ ދިމާވެ އެކި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

tel:+9607331319