
އެސްޓީއޯ އިން ކާޑު ގުދަންކުރަނީ
ވީޑިއޯއިން ފެންނަނީ ހަލާކުވެ ބޭނުންނުކުރެވޭވަރުވުމުން ނައްތާލި ފުށް: އެސްޓީއޯ

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 06:13
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެންދަނީ ހަލާކުވެ ބޭނުން ނުކުރެވޭވަރުވުމުން ނައްތާލި ފުށްތަކެއް ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން - އެސްޓީއޯއިން ބުނެފިއެވެ.
އައްޑޫގައި ފުށް ތަކެއް ނައްތާލާތަން ފެންނަ ވީޑިއޯއަކާ ގުޅިގެން އަސްލު ޓީވީން ކުރި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެކި ފަހަރުމަތިން މުޅި ދެކުނުގެ އަތޮލުތަކަުގެ ބޭނުމަށް ފޮނުވިފައިވާ ފުށް ކަމަށާއި ބޭނުންކުރެވޭވަރަށްވުރެ ހަލާކުވެފައިހުރުމުން ފުށް ނައްތާލެވިފައިވަނީ އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
އަދި ނައްތާލި ފުށުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ތުރުކީން ރާއްޖެ ގެެސްފައިވާ ފުށް ނޫންކަމަށްވެސް ޝާހު ވިދާޅުވިއެވެ.
މީގެކުރިން އެސްޓީއޯއިން ރާއްޖެއަށް ފުށް އެތެރެކުރަމުން އައީ ލަންކާ އަދި އިންޑިއާއިންނެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި މި ސަރުކާރުންވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު ތުރުކީންވެސްދަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް
ގަޑިއިރެއް ކުރިން
ސޯލާ ފެރީގެ ދަތުރުތައް ފަށަން ތައްޔާރުވަނީ
ގަޑިއިރެއް ކުރިން

"ފެންނަ ނުފެންނަ ވޯޓު" ހުއްޓުވާނެ ގާނޫނީ ހަމައެއް ނެތް: ސްޕްރީމް ކޯޓް
16 ގަޑިއިރު ކުރިން

"ރައީސްގެ ސްކޮލާޝިޕް" ބޭނުން ދާއިރާ އަކުން ކިޔެވޭނެ ގޮތް ހަދައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)