
ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

ރިޟްވާން މޫސާ - 27 ސެޕްޓެމްބަރު 2026 - 07:36
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައިސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ. ނަމަވެސް މި ދަތުރުފުޅާއިބެހޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ތަފްސީލެއް މިހާތަނަށް މީޑިޔާ އަށް ހާމަކޮށްފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން މިއީ ސިންގަޕޫރަށް އެމަނިކުފާނު ކުރައްވާ ހަތްވަނަ ދަތުރުފުޅެވެ. މީގެ ކުރިން ވެސް ނުރަސްމީ ދަތުރުގެ ގޮތުގައި ފަސް ދަތުރުފުޅެއް ވަނީ ސިންގަޕޫރަށް ކުރައްވާފަ އެވެ.
އެންމެ ފަހުން ރައީސް ޑރ މުއިއްޒު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ ނިމިގެންދިޔަ މެއި މަހުގެ 24 ގައެވެ. ހަ ދުވަހަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ އެ މަހުގެ 30 ވަނަ ދުވަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު އެ މަނިކުފާނު އެންމެ ގިނައިން ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ސިންގަޕޫރަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލާއި، އިންޑިޔާއިން 70 މީހުން މަރުވެއްޖެ!
ގަޑިއިރެއް ކުރިން

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާ އަށް ގޮވައި "ކޮކްރޯޗް ޖަންތާ ޕާޓީ" މުޒާހަރާ ފަށައިފި
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ދުބާއީގެ ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ދެވޭނީ ވެސް ސަރުކާރުން ހުއްދަދޭ ބަޔަކަށް: މުއްތަލިބް
11 ގަޑިއިރު ކުރިން
4900އަށް ވުރެ ގިނަ ދަރިވަރުންނާއެކު މަތީ ސާނަވީ އިމްތިހާން ފަށައިފި!
11 ގަޑިއިރު ކުރިން


