4900އަށް ވުރެ ގިނަ ދަރިވަރުންނާއެކު މަތީ ސާނަވީ އިމްތިހާން ފަށައިފި!

ރިޟްވާން މޫސާ - 27 ސެޕްޓެމްބަރު 2026 - 07:35
4900 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ފަށައިފިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އިމްތިޙާނު ހަދާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްތަކުގެ 49 ސެންޓަރުގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27އިން އަންނަމަހުގެ 30ގެ ނިޔަލަށެވެ.
ސަރުކާރުން ވަނީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓް ޕްރޮގްރާމްއެއް ފައްޓަވާފައެވެ.
2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުންނެވެ.
ނަމަވެސް 2025 ވަނަ އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފެށިއެވެ. އަދި މިއަހަރު އޭލެވެލް ހަދާ ކުދިންގެ އަދަދު މިވަނީ 4000އިން މައްޗަށް އަރާފައެވެ.
މީގެ އިތުރުން އޮކްޓޫބަރ ނޮވެމްބަރ މަހު އޭލެވެލް އިމްތިޙާން ކުރިއަށްގެންދާއިރު ސަރުކާރުން މިހާރު ވަނީ މޭ ޖޫންގައިވެސް އިމްތިޙާން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލާއި، އިންޑިޔާއިން 70 މީހުން މަރުވެއްޖެ!
ގަޑިއިރެއް ކުރިން

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާ އަށް ގޮވައި "ކޮކްރޯޗް ޖަންތާ ޕާޓީ" މުޒާހަރާ ފަށައިފި
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
835 މިލިއަން ރުފިޔާގެ ޚަރަދާއެކު ކުރިއަށްގެންދިޔަ ހިލޭ ޑިގްރީ ނިންމި ދަރިވަރުންގެ ސީދާ އަދަދެއް ނޭނގޭ
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ދުބާއީގެ ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ދެވޭނީ ވެސް ސަރުކާރުން ހުއްދަދޭ ބަޔަކަށް: މުއްތަލިބް
11 ގަޑިއިރު ކުރިން


