logo

ދުބާއީގެ ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ދެވޭނީ ވެސް ސަރުކާރުން ހުއްދަދޭ ބަޔަކަށް: މުއްތަލިބް

profile

ރިޟްވާން މޫސާ - 27 ސެޕްޓެމްބަރު 2026 - 08:05

ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ވިއްކޭނީ ދިވެހި ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ފެށި މަސައްކަތްތަކުގެ ތެރެއިން އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ހިމެނޭ އެއް ޕްރޮޖެކްޓަކީ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގައި ބޯހިޔާވަހި ކަމުގެ މެގަ ޕްރޮޖެކްޓްތަކެއެް ވެސް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ބިންހިއްކުމަށް ބޭނުންކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ކޮލެޓީ ޑްރެޖަރ ތަކެކެވެ.

މުއްތަލިބް ވިދާޅުވީ ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

މީގެއިތުރުން، އެތަނުގެ ޕްރޮޕަޓީއެއް ގަތަސް، ރާއްޖޭގައި ހުރުމުގެ އެއްވެސް ހައްގެއް ނުލިބޭނެ އެވެ. އަދި ވިސާ ދިނުމުގައި ވެސް، ރާއްޖޭގެ އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ހިނގާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މި ސަރުކާރުން އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އަދި މި އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

މިއީ ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، އަދި ގެރެންޓީއެއް ނުދީ ދައުލަތަށް ލިބޭ ޔުނިޓްތަކެކެވެ. މީގެއިތުރުން، އެތަނުގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް ސީދާ ސަރުކާރަށް ލިބޭނެ ކަމަށާއި، 10 އަހަރުގެ ޑިވެލޮޕްމެންޓް ނިމޭއިރު ބިމުގެ އަގުގެ ގޮތުގައި 3 ބިލިއަން ޑޮލަރު (47 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319