logo

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާ އަށް ގޮވައި "ކޮކްރޯޗް ޖަންތާ ޕާޓީ" މުޒާހަރާ ފަށައިފި

profile

ރިޟްވާން މޫސާ - 27 ސެޕްޓެމްބަރު 2026 - 18:01

އިންޑިއާގެ ޒުވާނުންގެ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިންޑިއާގެ އިންތިޚާބީ އިދާރާގެ އެންމެ އިސްވެރިޔާ (ޗީފް އިލެކްޝަން ކޮމިޝަނަރު) ގްޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، އިސްތިއުފާ ނުދެއްވައިފިނަމަ މުޅި ގައުމުގައި ވަރުގަދަ އިހުތިޖާޖުތަކެއް ފަށާނެކަމުގެ އިންޒާރު ދީފިއެވެ.

https://wamco.com.mv/

މި މައްސަލަ ބޮޑުވެގެން ދިޔައީ އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ އިންޑިއަން އެކްސްޕްރެސް އިން ނެރުނު ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އިލެކްޝަން ކޮމިޝަނުގެ އިންތިޚާބީ އެހެން ދެ ކޮމިޝަނަރުން ވަނީ ވޯޓަރުންގެ ލިސްޓު އިސްލާހުކުރުމުގެ މަސައްކަތުގައި ޗީފް އިލެކްޝަނަރު ގްޔާނޭޝް ކުމާރު ނިންމެވި ނިންމެވުންތަކާ މެދު ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި މަދުވެގެން 14 ފަހަރު ނުރުހުން ފާޅުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުންނާއި ސީޖޭޕީން ތުހުމަތުކުރާ ގޮތުގައި، ވޯޓާސް ލިސްޓަށް ގެނެސްފައިވާ ބަދަލުތަކަކީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށް ވޯޓު މަކަރު ހެދުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެކެވެ.

އިލެކްޝަން ކޮމިޝަނުގެ ދިފާއުގައި ވާހަކައްދައްކަމުން ބީޖޭޕީން ބުނީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ގާނޫނީ މުއައްސަސާތަކުގެ އިތުބާރު ކެނޑުވުމަށް ކަމަށެވެ.

ކޮންގްރެސް އާއި އިދިކޮޅު އެހެން ކޯލިޝަންތަކުން ވަނީ "ކޮކްރޯޗް" ހަރަކާތަށް ތާއީދުކޮށް، ގްޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އެކި ސަރަހައްދުތަކުގައި އިހުތިޖާޖުތައް ފަށާފައެވެ.

"ކޮކްރޯޗް ޖަންތާ ޕާޓީ" އަކީ އިންޑިއާގެ ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ ހަރަކާތެކެވެ. މިއަހަރުގެ މެދުތެރޭގައި (ޖުލައި 2026) އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި ކުރި ވަރުގަދަ އިހުތިޖާޖުތަކުގެ ސަބަބުން، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވަން މަޖުބޫރުވިއެވެ.

އެ ކާމިޔާބީއަށްފަހު، މި ހަރަކާތުން މިހާރު މިވަނީ އިންތިޚާބީ ނިޒާމުގެ ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ސަރުކާރަށް ފިއްތުންތައް ބޮޑުކުރަން ފަށާފައެވެ.

https://wamco.com.mv/
tel:+9607331319