ރަންވީރް ސިންގވެސް ހޮލީވުޑްއަށް!
![profile](/_next/image?url=%2Flogo.png&w=3840&q=75)
އައިޝަތު ޝާނީ - 31 މޭ 2023 - 08:38
![](/_next/image?url=%2Fpanel-content%2Fmedia%2Fed727dde-84cf-4511-223c-56a98f723500.jpg&w=3840&q=75)
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޑީޕިކާ ޕަޑުކޯންގެ ފިރިމީހާ ރަންވީރު ސިންގް ހޮލީވުޑްގެ ޓެލެންޓް މެނޭޖްމަންޓް އެޖެންސީއަކާއި އެކީ ސޮއިކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރަންވީރު ސޮއިކުރީ ނިއު ޔޯކްގެ ވިލިއަން މޮރިސް އެންޑެވާ (ޑަބްލިއުއެމްއީ) އާ އެކީގައެވެ. ދާދި ފަހުން އިންޑިއާގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް ވަނީ އެ އެޖެންސީއާއި އެކު ހޮލީވުޑްގެ އެޖެންސީއަކާ ރަންވީރު ގުޅިފައިވާތީ ކުރިއަށް އޮތް ތަނުގައި ހޮލީވުޑްގެ ފިލްމާއި ސީރީޒްތަކުން ފުރުސަތުތައް ހޯދައިދޭން އެ އެޖެންސީން މަސައްކަތް ކުރާނެއެވެ.
ފާހަގަކޮށްލެވޭގޮތުގައި، ރަންވީރު ވަނީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމް (ވައިއާރްއެފް) 2010 ގެ "ބޭންޑް ބާޖާ ބާރާތު" އިން، ބޮލީވުޑަށް ތައާރަފްވެފައެވެ. އެހެންނަމވެސް ދާދި ފަހުން ވަނީ އެ ސްޓޫޑިއޯގެ ޓެލެންޓް ޔުނިޓާ ވަކިވެ، އިންޑިއާގެ ޓެލެންޓް މެނޭޖްމަންޓް އެޖެންސީއެއް ކަމަށްވާ ކަލެކްޓިވް އާޓިސްޓްސް ނެޓްވޯކް (ސީއޭއެން) އާ ގުޅިފައެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 28 އަށް ތާވަލުކޮށްފައި އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.އެ ފިލްމުގައި އޭނާއާއި އެކު ދެން ފެނިގެންދާނީ މަޝްހޫރު ބަތަލާ އާލިއާ ބަޓްއެވެ.ރަންވީރް ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިއެވެ. އޭގެތެރޭގައި "ގަލީ ބޯއީ" އާއި 83 އާއި ބަޖިރާއޯ މަސްތާނީ ފަދަ ފިލްމްތައް ފާހަގަކޮށްލެވެއެވެ.
ވިލިއަން މޮރިސް އެންޑެވާ (ޑަބްލިއުއެމްއީ)އިން މެނޭޖްކޮށްދޭ ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ބެން އެފްލެކް، ކްރިސްޓިއަން ބޭލް، ޖެސިކާ އަލްބާ، ހިއު ޖެކްމަން، މެޓް ޑޭމަން، ކޭޓް ބެކިންސޭލް ގެ އިތުރުން މިޝެލް ވިލިއަމްސް ފަދަ ތަރިން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
![6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް](/_next/image?url=%2Fpanel-content%2Fmedia%2F344ba825-75eb-41bc-c5e6-99b35da33c00.jpg&w=3840&q=75)
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
![ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ](/_next/image?url=%2Fpanel-content%2Fmedia%2F2dce7ba5-55cb-45fb-9232-7fa1984d4200.jpg&w=3840&q=75)
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
![އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ](/_next/image?url=%2Fpanel-content%2Fmedia%2Fbd74cf6e-a856-453c-0e88-62e84309ad00.jpg&w=3840&q=75)
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
![ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ](/_next/image?url=%2Fpanel-content%2Fmedia%2F2fc9cc8e-97b8-4d61-23c5-e011c1a5ac00.jpg&w=3840&q=75)
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން