
—
ޕީއެސްޖީގެ ކޯޗުކަށް ލުއިސް އެންރިކޭ !

އަހުމަދު ލައްމާހު އަޒީޒު - 06 ޖުލައި 2023 - 12:42
ލުއިސް އެންރީކޭ ފްރާންސް ލީގް ކްލަބް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބަދަލުވެއްޖެއެވެ.
ބާސެލޯނާއަށާއި އަދި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ކޯޗުކަން ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން ނެވެ.
އެންރީކޭއާއެކު ޕީއެސްޖީން އެއްބަސްވުން ހެދީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.
އެންރީކޭ ކޯޗިން ކެރިއާގައި އޭނާވަނީ ބާސާއާއިއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާގެ އިތުރުން ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕް ސެމީ ފައިނަލަށް ސްޕެއިން ގެންގޮސްދީފަ އެވެ.
އެންރީކޭ ސްޕެއިން ޓީމުން އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި އޮތް ވޯލްޑް ކަޕް އިން ސްޕެއިން ކެޓުމާއި ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން