
މާލޭގެ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު އަންހެންމީހާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން
ފުރާޅުމަތިން ވެއްޓުނު މީހައަަށް އިންސާފުހޯދައިދޭން ގޮވާލާ މުޒާހަރާކޮށްފި

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2025 - 18:14
މާލޭގެ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު އަންހެންމީހާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.
މާލޭގެ މަޖީދީ މަގުގައި ހުންނަ ޝަހީދު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކުރިމަތީގައި ގިނަ އަދަދެއްގެ އާއްމުން ނިކުމެ މިރޭ ވަނީ މުޒާހަރާކޮށްފައެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އުސް އިމާރާތުން ވެއްޓުނު އަންހެންމީހާ އަށް އިންސާފު ލިބެންޖެހޭ ކަމަށާއި އެ މައްސަލައިގައި އިންސާފުވެރި މިނިވަން އަދި ދެފުށްފެންނަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.
އެއްވުމުގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު ބޯޑުތައް ހިފައިގެން ތިބިއިރު އެ ބޯޑުތަކުގައި އިންސާފު ގާއިމްކުރުމަށް ގޮވާލަން އެދި އެކި އިބާރާތްތައް ދޭހަވާ މެސެޖްތަކާއި ލިޔުންތައް ހިމެނެއެވެ.
އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިރޭގެ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ބުނަމުންދަނީ އަންހެން މީހާ ވެއްޓުނު މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހުން އާއްމު ނުކުރަނި އެ މައްސަލައިގައި ބާރުގަދަ ބައެއްގެ ނުފޫޒު ހިމެނޭތިީކަމަށެވެ.
މައްސަލައިގައި ޝާމިލްވާ އެންމެންގެ ނަންތައް ހާމަކުރުމާއެކު އޭގެ ތެރޭގައި ސަރުކާރުގެ ކޮމިޓީތަކާއި ވަޒީފާތަކުގައި ތިބި ފަރާތްތައް ވަކިކުރަން މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
އަދި މައްސަލައިގައި ޝާމިލުވާ އެންމެން ހައްޔަރު ކުރުމަށްވެސް މުޒާހަރާ ކުރި މީހުން ވަނީ ގޮވާލާފާއެވެ،
ފުރާޅު މައްޗަަށް އަންހެން މީހާ ވެއްޓިފައި އޮއްވާ ފެނުނީ ހުސްވި ހަފްތާގެ ހުކުރު ދުވަހުގެ ހެނދުނުއެވެ. އަންހެން މީހާ ފުރާޅުމަތިން ނެގީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. އަންހެން މީހާ ފުރާޅުމަތިން ނަގައިގެން ގެންދެވުނީ ހޮސްޕިޓަލަށެވެ. އައިޖީއެމްއެޗްގައި އަންހެން މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން