
ދައުލަތައް ލިބުނު އާމްދަނީ އިތުރު ވެއްޖެ

އާމިނަތު މޫސާ - 17 އޭޕްރީލު 2025 - 05:55
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. މި އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ މިވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.
މީގެ އިތުރުން، މި އަހަރު ހިލޭ އެހީގެ ގޮތުގައި ވެސް ދައުލަތަށް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 12.4 މިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ. އެގޮތުން މި އަހަރުގެ އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 43.6 މިލިއަން ރުފިޔާއެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އަކީ ދައުލަތުގެ އާމްދަނީއާއި ޚަރަދާ ގުޅޭ މަޢުލޫމާތުގެ އަދާހަމަ ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ރިޕޯޓެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން