logo

ވެއްޓުނު އަންހެންކުއްޖާއަށް ދައުލަތުގެ ހަރަދުގައި އިތުރު ފަރުވާ ދޭން ބޭރަށް ފޮނުވާލަނީ

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2025 - 16:25

އިމާރާތެއްގެ ނުވަވަނަ ބުރީގެ ކުޑަދޮރުން ބޭރަށް ޖެހިގެން ހުރިގޭގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެން ކުއްޖާ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

https://wamco.com.mv/

އިމާރާތުން ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް ނިންމާފައިވާއިރު، އެކުއްޖާގެ ހުރިހާ ހަރަދެއް ސަރުކާރުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން 21 އަހަރުގެ ޔުމްނާ ރަޝީދު އިމާރާތުގެ ނުވަވަނަ ބުރިން ވެއްޓުނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޔުމްނާ ވެއްޓިފައި އޮތް ފުރާޅު މަތިން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާގައި އިތުރު ބައެއް އެހެން ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ހާދިސާގައި ޔުމްނާ އާއި އެކުގައި އޭނާ ވެއްޓުނު ގޭގެ ތެރޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

ޔުމްނާގެ ހާލު ރަނގަޅު ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އޭނާގެ އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ޔުމްނާ ބޭރަށް ގެންދިއުމަށް އެންސްޕާގެ އެހީތެރިކަން ވަނީ ލިބިފައެވެ. އަދި އޭނާގެ ބޭސްފަރުވާގެ އެންމެހައި ކަންކަމާއި ސަރުކާރުން ހަވާލުވެފައިވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ޔުމްނާގެ އިތުރުން ތުހުމަތުކުރެވޭ އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާއްމު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔުމްނާ ފެންލައިޓުން ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލަ އަށް ކަމަށެވެ.

ޔުމްނާ ވެއްޓުނު ހާދިސާ އާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން މާލޭގެ މަޖީދީ މަގުގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް ބިލްޑިންގ ކުރިމަތީގައި މުޒާހަރާ ކުރަމުންދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ފެށުނު މުޒާހަރާ 24 ވަނަ ރޭ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުޒާހަރާ ކުރަމުންދިޔަ ޒުވާނުން ވަނީ ޔުމްނާ އަށް އިންސާފު ހޯދައިދީ އެ މައްސަލައިގައި ހިމެނޭ އެންމެންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލަފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay