logo

ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ

profile

އައިޝަތު އިނާޝާ - 01 ޖޫން 2025 - 08:55

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

https://wamco.com.mv/

ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އެ މައްސަލަ މެދުވެރިވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މިވަގުތު މުޅި މާލެއާއި ހުޅުމާލެ އޮތީ ބްލެކްއައުޓެއްގައި ކަމަށެވެ.

މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން: ރައީސް

މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay