
ތުރާކުނުގައި އެމްޓީސީސީ އިން އަޅާ މިސްކިތުގެ ބޮޑުބައި ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 28 މޭ 2025 - 15:43
ހއ ތުރާކުނު ގައި އިމާރާތްކުރަމުންދާ މިސްކިތުގެ ބޮޑުބައި ނިމިއްޖެއެވެ.
އެމްޓީސީސީ އިން ބުނީ ތުރާކުނުގައި އިމާރާތްކުރަމުންދާ މިސްކިތުގެ ކޮންކްރީޓް މަސައްކަތް ނިމި ބީމް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިސްކިތުގެ ފުރާޅު ބީމް ޝަޓަރިންގ އާއި ނަމާދު ހޯލުގެ ތިންވަނަ ލެވެލްގެ ސްލެބް ޝަޓަރިންގ ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވުޟޫކުރާ ދެ ސަރަހައްދުގެ ކޮންކްރީޓް މަސައްކަތްތައްވެސް ވަނީ ނިމިފައެވެ.
ތުރާކުނު މިސްކިތް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ބިނާ ކުރާނެއެވެ.
ތުރާކުނު މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަކީ 11.21 މިލިއަން ރުފިޔާގެ މަޝްްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން