logo

އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މާލެ ގެންނަނީ

profile

ޒިދާން މުޙައްމަދު - 03 އޯގަސްޓު 2024 - 18:42

އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލި ފުންޏަކަށް މުޑިއެރުމުން އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 11:49 ހާއިރު ސައިކަލެއް ކޮންޓްރޯލް ނުވެ، ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް މަގު ކޮނެފައިވާ ހިސާބުން ވެލި ފުންޏަކަށް އަރައިފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލް ދުއްވި 23 އަހަރިގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާ އިތުރު ފަރުވާއަށް މާލެ ފޮނުވަން އުޅޭ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލާއި ކާރު ފަދަ އުޅަނދުތައް ކޮންޓްރޯލުން ނައްޓައި އެކްސިޑެންޓުވެ، މީގެ ކުރިން ބައެއް މީހުން ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

tel:+9607331319