logo

ޖެސޫސްގެ ހެޓްރިކުން އާސެނަލް ލީގު ކަޕް ސެމީ އަށް

profile

ހަފްސީ އަބްދުﷲ - 19 ޑިސެމްބަރު 2024 - 02:14

މެޗުގައި ހެޓްރިކް ހެދި ޖެސުސް އުފާފާޅުކުރަނީ: ފޮޓޯ-އާސެނަލް

މެޗުގައި ހެޓްރިކް ހެދި ޖެސުސް އުފާފާޅުކުރަނީ: ފޮޓޯ-އާސެނަލް

ޖެސޫސްގެ ހެޓްރިކުން ކްރިސްޓަލް ޕެލަސް ބަލިކޮށް, ލީގު ކަޕްގެ ސެމީފައިނަލުން އާސެނަލް ޖާގަ ހޯދައިފި އެވެ.

https://wamco.com.mv/

އާސެނަލް ސެމީފައިނަލަށް ދަތުރުކުރީ ދެވަނަ ހާފްގައި ބްރެޒިލްގެ ޖެސުން ހެދި ހެޓްރިކުން 3-2 ން ކްރިސްޓަލް ޕެލަސް ބަލިކޮށްގެންނެވެ. މެޗު ފަށައިގެން 4 ވަނަ މިނިޓްގައި ލީޑް ނެގީ ކްރިސްޓަލް ޕެލަސްއިންނެވެ. އެއީ މެޓޭޓާގެ ލަނޑުންނެވެ. ޖެސޫސް އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައެވެ. ލީޑް ނަގައިދިނީ 73 ވަނަ މިނިޓްގައެވެ. އަދި ހެޓްރިކް ހެދީ 81 ވަނަ މިނިޓްގައެވެ. މީގެތެރެއިން ފުރަތަމަ ލަނޑާއި ތިންވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ މާޓިން އޮޑެގާޑެވެ. ދެވަނަ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ.

ކްރިސްޓަލް ޕެލަސްއިން ދެވަނަ ލަނޑެއް ޖެހީ އާސެނަލް އިން ތިން ލަނޑު ޖެހިފަހުންނެވެ. އެމީހުންގެ ދެވަނަ ލަނޑު ޖެހީ އެންކެޓިއާ އެވެ. އާސެނަލް ސެމީފައިނަލަށް ގެންގޮސްދިން ޖެސޫސް މިސީޒަންގައި ހުރީ ފޯމްގައެއް ނޫނެވެ. ޕްރިމިއަރ ލީގުގައި އޭނާ އެންމެ ފަހުން ލަނޑެއް ޖެހީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ރޭގެ މެޗުގައި ޖެސުން ޖެހި ފުރަތަމަ ލަނޑު ތަކަކީ އެމިރޭޓްސް ސްޓޭޑިއަމްގައި މިސީޒަންގައި އޭނާގެ ފުރަތަލަ ލަނޑެވެ. އަދި ރޭގެ މެޗަކީ މިސީޒަންގައި ޖެސުސް ލަނޑު ޖެހި ދެވަނަ މެޗެވެ. އެކަމަކު ކޯޗު އާޓެޓާ އުއްމީދު ކުރަނީ ރޭގެ ހެޓްރިކާއެކު ޖެސުސްގެ ހާލަތު ބަދަލުވެ, ސީޒަންގެ ކުރިއަށް އޮތްބައިގައި އޭނާ ލަނޑު ޖަހާނެ ކަމަށެވެ. ޖެސުސް އަށް އިތުރު ފުރުޞަތު ދޭނެ ކަމުގެ ޔަގީންކަން މެޗަށްފަހު އާޓެޓާ ދިނެވެ.

ލިވަޕޫލްވެސް ވަނީ ލީގު ކަޕްގެ ސެމީފައިނަލުން ޖާގަ ޔަގީންކޮށްފައެވެ. އެއީ ކްއާޓާ ފައިނަލްގައި 2-1 ން ސައުތްހެޕްޓަން ބަލިކޮށްގެންނެވެ. 24 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑް ނަގައިދިނީ ޑާވިން ނޫނޭޒް އެވެ. އެއީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑު ޖެހީ އެލިއޮޓް އެވެ. ސައުތްހެމްޓަންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ ކަމެރޯން އާޗާ އެވެ.

3-1 ން ބްރެންޓްފޯޑް ބަލިކޮށް, ނިއުކާސަލް ޔުނައިޓެޑް ވެސް ވަނީ މުބާރާތުގެ ސެމީފައިނަލްގެ ޖާގަ ޔަގީންކޮށްފައެވެ. ސެމީފައިނަލްގެ ފަހު ޖާގައަށް ވާދަކުރަނީ ޓޮޓްނަމް އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay