logo

ނުހައްގު މުއްސަނދިކަން އެންމެ ބޮޑަށް ހޯދީ ރައީސް ޔާމީނުގެ ދައުރުގައި: މެމްބަރު ފަލާހު

profile

އައިމިނަތު ރޫޔާ - 06 ނޮވެމްބަރު 2024 - 18:21

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު-- ފޮޓޯ: މަޖިލިސް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު-- ފޮޓޯ: މަޖިލިސް

ނުހައްގު މުއްސަނދިކަން އެންމެ ބޮޑަށް ދައުލަތަށް ހޯދި ފަސް އަހަރަކީ 2013 އިން ފެށިގެން 2018 އަށް ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ ނުހައްގު މުއްސަނދިކަން ހޯދާފައި ތިބި ކުރީގެ ރައީސުންނަށް ދައުވާ ކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ފަލާހު ވިދާޅުވީ ނުހައްގު މުއްސަނދިކަމަށް މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާއިރު އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށެވެ.

"އެނިޒާމުގެ ތެރެއަށް އެފަދަ މީހުންގެ މައްސަލަތައް ވަންނަ ހިނދު، އެބޭފުޅުން ނުހައްގު މުއްސަނދިކަމުން ހޯދާފައި ހުންނަ ފައިސާ، އެތަންތަނުގެ ޝަރީއަތް ހިންގަން ތިބޭ ފާރާތްކާއި، އަދުލު އިންސާފު ގާއިމްކުރަން ތިބޭ ފަރާތްތަކަށް، ނުހައްގުން ހޯދާފައި ހުންނަ މުއްސަނދިކަމުގެ ފައިސާ ބޭނުންކޮށްގެން، އޭގެތެރެއިން ސަލާމަތްވެގެން އައުމަކީ މިކަންކަން އަޅުގަނޑުމެން ކުރަން އުނދަގޫވެފައި މިއޮތް ކަމަކީ." ފަލާހު

ފަލާހު ވިދާޅުވީ މިއީ ވަރަށް މުހިއްމު ބިލެއް ކަމަށާއި މި ބިލުގެ ދަށުން ހަދައި ގަވާއިދުތަކާއި ގާނޫނުތައް ވަރަށް ފުރިހަމަ ވާން ޖެހޭނެ ކަމަށެވެ. އެހެންނޫނީ ސިޔާސީ މަގުސަދެއްގައި މި ގެނެވޭ އިސްލާހުތައް ބޭނުންކޮށްފާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް ނުހައްގުން މުއްސަނދިކަން ހޯދާފައި އެބަހުރި ކަމަށާއި ދައުރެއް ނިންމާލައި ވެރިކަމުން ފޭބިއިރު އެބޭފުޅުންގެ އަތުގައި 60 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށެވެ.

ފަލާހު ވަނީ ނުހައްގުން މުއްސަނދިކަން ހޯދާފައި ހުރި ފަރާތްތައް ހައްޔަރުކޮށް، އެމީހުންގެ މުދާތައް ދައުލަތާއި ހަވާލުކުރުމަށް ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319