މުއްސަނދިންނަށް އަސާސީ ޕެންޝަން ނުލިބޭ ގޮތް ހަދަނީ
މަރްޔަމް އުމްނާ އިސްމާޢީލް - 13 ނޮވެމްބަރު 2024 - 07:02
އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އަސާސީ ޕެންޝަން، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށްނޫނީ ނުލިބޭ ގޮތް ހަދަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރާއްޖޭގެ ޕެންޝަނާ ގުޅޭ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތައް ހުރި ގޮތުން ވެސް ދައުލަތަށް ބުރަ ބޮޑުވާއިރު، ރާއްޖޭގެ ދަރިމައިވުމުގެ ރޭޓު ދަށަށް ދިއުމާއި، ދިރިހުންނާނެ ކަމަށް އަންދާޒާ ކުރެވޭ އުމުރު މައްޗަށް ޖެހުމުގެ ސަބަބުން ވެސް ޕެންޝަނަށްދާ ހަރަދު އިތުރުވަމުންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
2023 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަނަށް 1.29 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ދައުލަތުގެ މުއައްސަސާތަކުން ރިޓަޔާވާ ފަރާތްތަކަށް ބަޖެޓުން 298.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެ އަދަދުތައް 2025 ގައި ހުންނާނެ ކަމަށް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 1.45 ބިލިއަން ރުފިޔާ އަދި 325.6 ބިލިއަން ރުފިޔާގައެވެ.
ދެމެހެއްޓެނިވި ގޮތަކަށް ޕެންޝަނަށް ކުރާ ހަރަދުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ މުއައްސަސާތަކުގެ މެދުގައި ދެމުންގެންދާ އިނާޔަތްތަކުގައި ހުރި ފަރަގުތައް ނައްތާލައި، އެއްހަމަ އުސޫލެއްގެ ދަށުން ޕެންޝަންގެ އިނާޔަތްތައް ދިނުމަށްޓަކައި ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައެވެ.
ހަމައެއާއެކު، 65 އަހަރުން މަތީގެ އެންމެނަށް ދައުލަތުން ދޭ ބޭސިކް ޕެންޝަންގެ އިނާޔަތް، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެކަނި ދެވޭ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވާއިރު އެކަން ކުރަން ބަޖެޓުގައި ހިމަނާފައިވަނީ އަންނަ އަހަރުގެ އޭޕްރިލްގައެވެ.
ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ހަރަދުތަކަށް 49.2 ބިލިއަން ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދެވެ. މިހާރު މަޖިލީހުން ދިރާސާކުރަމުންދާ 2025 ގެ ބަޖެޓުގައި ލަފާކޮށްފައިވާ ރިކަރަންޓު ހަރަދުގެ 5 % އަކީ ޕެންޝަނަށް ކުރާ ހަރަދެވެ. އެ ހަރަދުގެ ގާތްގަނޑަކަށް ތިންބައި ކުޅަ ދެބައި ހިއްސާކުރާނީ އަސާސީ ޕެންޝަން ނުވަތަ 65 އަހަރުން މަތީ ފަރާތްތަކަށް ސަރުކާރުން ދޭ 5000 ރުފިޔާގެ ޕެންޝަނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން