logo

ބޭހުގެ އަގުތައް ބޮޑުވީ ބަލަންޖެހޭ ވަަރަށް ނުބެލުމުގެ ސަބަބުން: ހެލްތު މިނިސްޓަރު

profile

އައިމިނަތު ރޫޔާ - 16 ނޮވެމްބަރު 2024 - 19:17

ހެލްތު މިނިސްޓަރު  އަބްދުﷲ ނާޒިމް އިބްރާހީމް-- ފޮޓީ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް-- ފޮޓީ: ހެލްތު މިނިސްޓްރީ

ބޭހުގެ އަގުތައް ބޮޑުވީ ސިއްހީ ނިޒާމު ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ،

މިނިސްޓަރު ވިދާޅުވީ ބޭހަކީ ހަމައެކަނި ފަރުވާއެއް ނޫން ކަމަށާއި ބޭހަކީ މުޅި މި ނިޒާމުގެވެސް މަދު ބައެއް ކަމަށެވެ. ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަތީގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު 60 އިންސައްތަ ހަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޭހާއި ހަމައަށް އައުމުގެކުރިން ކުރަންޖެހޭ ކަންތައްތަކާއި އެ ބޭސް ރައްޔިތުންނަށް ފޯރުކޮށްދެނީ އެންމެ ރަނގަޅު ގޮތުގައިތޯ މސުވާލު ތަކުރާރުކޮށް ކުރަން ޖެހޭ ކަމަށެވެ،

"ގާތްގަނޑަކަށް އަޅުގަނޑުމެން މިހާރު މި ބޭނުންނކުރާ އާސަންދަ ނިޒާމު މިހާރު ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. ވެތުވެދިޔަ މިދެންނެވި ހުރިހާ އަހަރެއްގެ ބަޖެޓު އަޅުގަނދުމެން ބަލާލާ ދިރާސާކޮށްލާއިރު، އެއްވެސް އަހަރެއްގައި، އާސަންދަ ނިޒާމަށް ބަޖެޓުގެ ފާސްކުރެވުނު އަދަދުން، އާސަންދަ ނިޒާމު ހަމަޖެއްސި ފޫބެއްދިފައެއް ނެތް." މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ކުރީގެ ވެރިކަން ތަކުގައި ގެންގުޅެފައިވަނީ ގަޔަށް ދޫ، ހައްޓަށް ލުއި ސިޔާސަތުތަކެއް ކަމަށާއި ސިއްހީ ނިޒާމު ގެންދެވެނީ ދިވެހި ރައްޔިތުންނަށް އެންމެ ލާބައާއި މަންފާއަށް ހުރި ގޮތުގައިތޯ، ސުވާލު އުފައްދާނޭ ސިޔާސީ ވެރިއެއް މަދުވިކަން އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ސިއްހީ ނިޒާމަކީ ހަމައެކަނި ބޭސްފަރުވާކުރުން ނޫން ކަމަށާއި ހަމައެކަނި އިމާރާތް އެޅުން ނޫން ކަމާއި، މިއާއެކު ވަށާ ޖެހޭ،އެތައް ކަންތަކެއް ހުރިކަން، އެކަން ރަނގަޅުކުރުމަށް އަންނަނީ މިދެންނެވި ހުރިހާ ސިޔާސަތަކަށް ގެންނަންޖެހޭ ބައްދަލުތަކެއް ގެނެވިގެން ކަން." މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއްވެސް އަހަރެއްގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ބަޖެޓު، ކޮންމެ އަހަރަކު، އެއަށް ފައިސާ އަޅަން ތިބެންޖެހުމުގެ ސަބަބުން، މުޅި ނިޒާމު ވަނީ ދައުލަތުގެ އިގްތިސާދަށް ބޮޑު ބުރައަކަށް ވެފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދިވެހި ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން އެދެނީ ސިއްހީ ނިޒާމަކީ އެންމެ ފައިދާހުރި ގޮތުގައި، އެ ހައްގުވެރި ފަރާތަށް އެންމެ ރަނގަޅުގޮތުގައި ތިބޭނެ ނިޒާމެއް ކަމުގައި ވެގެން ދިއުން ކަމަށެވެ. އެކަމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް މިއަދުގެ ސަރުކާރުން ގެންދަވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ނިޒާމަށް ރައްޔިތުންގެ އޮތް ފާޑު ކިޔުމަކީ މި ނިޒާމު ކުރިއަރައި ތަެރައްގީކޮށް އެންމެ ރަނގަޅު މަގުގައި ބެހެއްޓުމަށްޓަކައި ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. ހަމައެއާއެކު ސަރުކާރުން ގަބޫލުކުރާ ސިއްހީ ސިޔާސަތަކީ ދިވެހިރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސް ފަރުވާގެ ނިޒާމު އެންމެ އެދެވޭ ގޮތުގައި ނުލިބޭހާ ހިނދަކު، މި ނިޒާމު ރަނގަޅެއް ނުވާނެކަމުގެ ސިޔާސަތު ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އަލުން ބަލުން ފައްޓަވައިގެން ދާއިރާގެ ކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ދިވެހި ސިއްހީ ނިޒާމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިން މިކަން ކުރި ގޮތަށް، ދާން ބޭނުންވާ މިސްރާބަށް ނުދެނެވޭނެކަން ގަބޫލުފުޅުކުރައްވައިގެން ހުންނެވި ވެރިއަކު ލިބި، އެމަނިކުފާނުހާއި އަމާލާއި ބަހާއި މި މަގުގައި މިސްރާބުކުރެވިފައި ހުރި ހުރުން ކަމަށް ވެ މިނިސްޓަރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319