logo

"ހެލްތު އެކްސްޕޯ 2024" މާދަމާ ފަށަނީ

profile

އައިޝަތު އިނާޝާ - 06 ނޮވެމްބަރު 2024 - 12:59

"ހެލްތު އެކްސްޕޯ 2024 "

"ހެލްތު އެކްސްޕޯ 2024 "

ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް "ހެލްތު އެކްސްޕޯ 2024 " 50 އަށްވުރެ ގިނަ ބައިވެރިންނާ އެކު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:00 އިން 11:00 އަށް. އަދި ހުކުރުދުވަހު ހަވީރު 4:00 އިން 11:00 އާއި ހަމައަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

އަސްލުޓީވީގެ ބާބު ޕްރޮގްރާމްގައި މި އެކްސްޕޯގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު އިސްމާއިލް، ވިދާޅުވީ އެކްސްޕޯގެ މަޤްސަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތާއި، ޞިއްޙީ ގޮތުން ދުށަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުން ކަމަށެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމަކީ މި އެކްސްޕޯގެ މައިގަނޑު އެއް މަގްސަދު ކަމަށް ވިދާޅުވިއެވެ.

ބޭނުންވަނީ މި އެކްސްޕޯ މެދުވެރިކޮށް ރައްޔިތުންނާ ވަރަށް ގާތުން މި މައުލޫމާތުތައް އެބޭފުޅުންނަށް ފޯރުކޮށްދިނުން. އައިމިނަތު އިސްމާއިލް

އައިމިނަތު އިސްމާއިލް ވިދާޅުވީ މި އެކްޕޯގެ ތެރެއިން ދިގު މުއްދަތަކަށް ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރ އަކީ ދިރާގެވެ.

މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ މަޢުލޫމާތު ދޭނެއެވެ.

ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްދާ މިއެކްސްޕޯގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިންގ އަދި އެހެނިހެން ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން "ހެލްތް އެކްސްޕޯ 2024"ގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތައް ވެސް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319