logo
އިސްމާއިލް ޒަރިޔަންދު---

އިސްމާއިލް ޒަރިޔަންދު---

އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ދިނުމުގެ ހިޔާލު ގެންގުޅޭ އެއްވެސް ވެރިއަކަށް ދިވެހިން ތާއީދެއް ނުކުރާނެ: ޒަރިޔަންދު

profile

ޖިނާން ޙުސައިން ޖަބީން - 30 އޮކްޓޯބަރު 2026 - 06:27

އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ދިނުމުގެ ހިޔާލު ގެންގުޅޭ އެއްވެސް ވެރިއަކަށް ދިވެހި ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް ޕީއެންއެފްގެ އެކްޓިވިސްޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ސިޔާސީ ޕާޓީއަކީ ދީނެއް ނޫން ކަމަށާއި، ޕާޓީ ފިކުރަކީ ގުރުއާނެއް ނޫން ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރަކީ ރަސޫލު ބޭކަލަކަށް ވެސް ނުވާނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ. ޒަރިޔަންދު މި މޭރުމުން ވިދާޅުވެފައިމިވަނީ، މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މެރީނާ މަޝްރޫއާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެންނެވެ.

View post on Twitter

ޒަރިޔަންދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ވިއްކާލައި، ޔަހޫދީން އާބާދުކުރުމުގެ ވިސްނުމާއި، އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ދިނުގެ ހިޔާލު ގެންގުޅޭ އެއްވެސް ވެރިއަކަށް ދިވެހިން ތާއީދެއް ނުކުރާނެ ކަމަށެވެ.

ޒަރިޔަންދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެވެ. ގިނަ ބަޔަކު އަންނަނީ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ކަންބޮޑުވުންތަކުގެ އަޑު އިތުރަށް ގަދަވެފައިވަނީ، އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލްއައްބާރަކީ އިޒުރޭލުގެ ޒަޔަނިސްޓުންނަށާއި ޔަހޫދީންނަށް އެކި ގޮތްގޮތުން ވާގިވެރިވާ ފަރާތެއް ކަމަށްވާތީއެވެ. އެހެންކަމުން، މިފަދަ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ގައުމުގެ މިނިވަންކަމާއި ދީނީ ވަހުދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319