
ރިޕޯޓް - ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ!
ތަރައްޤީގެ ނަމުގައި ޒަޔަނިސްޓުންނަށް ދޫދިނުމެއް ނެތް: ދިވެހި ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ!

އަހުމަދު ޖަމީލް - 29 އޮކްޓޯބަރު 2026 - 06:04
ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް، އުމްރާނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބޭރުގެ އިންވެސްޓްމެންޓްތަކަކީ ނުހަނު މުހިންމު ވަސީލަތެކެވެ. ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމާއި، ވިޔަފާރީގެ ދާއިރާތަކަށް ބޭރުގެ ފައިސާ އައުމަކީ ޤައުމުގެ ކުރިއެރުމަށް ބޭނުންތެރި ކަމެއް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ ތަރައްޤީގެ ނަމުގައި އަޅުގަނޑުމެން ދޭންޖެހޭ އަގަކީ ކޮބައިހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ؛ ކިތަންމެ ބޮޑު އިންވެސްޓްމެންޓެއް ލިބުނު ކަމުގައި ވިޔަސް، ދިވެހިންގެ އިސްލާމީ ޢަޤީދާއާއި، އަނިޔާވެރި ޒަޔަނިސްޓުންނާ ދެކޮޅަށް އޮތް ސާބިތުކަން ފަސްއަޅައި ފޮރުވައެއް ނުލެވޭނެއެވެ. ޒަޔަނިސްޓުންގެ އަނިޔާވެރިކަމުގެ ވާހަކަ ދެއްކުމަކީ ދިވެހި ރައްޔިތުންގެ ކިބައިން އެއްވެސް ބާރަކަށް ހުއްޓުވައިލެވޭނެ ކަމެއް ނޫނެވެ.
މި ބަހުސް އަނެއްކާވެސް ފެންމަތިވެގެން މިދިޔައީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ 'ރަސްމާލެ' ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ 'އީގަލް ހިލްސް' އާ ޙަވާލުކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެ ކުންފުނީގެ ޗެއާމަން އަދި ދުނިޔޭގެ ނުފޫޒުގަދަ މަހުޖަނު މުޙައްމަދު އަލްޢައްބާރަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ދުނިޔޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް، އޭނާއާއި ޒަޔަނިސްޓު އިސްރާއީލުގެ ވިޔަފާރިތަކާ ދެމެދު އޮންނަ ގާތް ގުޅުމާއި، އެ ގުޅުންތަކުގެ ޚަބަރުތައް ފެންމަތިވުމާއެކު، ދިވެހި ރައްޔިތުންގެ މެދުގައި ވަނީ ވަރުގަދަ ކަންބޮޑުވުމެއް އުފެދިފައެވެ.
ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް، ނަސްލު ނައްތައިލުމުގެ ލާއިންސާނީ ޖަރީމާތައް ޒަޔަނިސްޓުން ހިންގަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެ ބަޔަކަށް ވާގިވެރިވާ ނުވަތަ އެމީހުންނާއެކު ގުޅުން ބާއްވާ ފަރާތްތަކުގެ ނުފޫޒު ރާއްޖެއަށް ވަނުމަކީ ދިވެހިން ފަސޭހައިން ބަލައިގަންނާނެ ކަމެއް ނޫނެވެ. އިންވެސްޓްމެންޓަކީ ހަމައެކަނި އަޅާ އިމާރާތްތަކަކާއި ލިބޭ ޑޮލަރުތަކެއް ނޫނެވެ؛ އޭގެ ފަހަތުގައިވާ އަޚްލާޤީ އަދި ދީނީ ޒިންމާތަކަކީ ދިވެހިން އަބަދުވެސް އިސްކަންދޭނެ ކަންކަމެވެ. ރަސްމާލެއަށް ކިތަންމެ ބިލިއަން ޑޮލަރެއް އޮއްސިޔަސް، އެއީ ޒަޔަނިސްޓުންގެ ނުބައިކަމާއި އެމީހުންގެ ވަކިތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް އަޑުއުފުލުން ހުއްޓުވަން ދެއްކޭނެ ބަހަނާއެއް ނޫނެވެ.
ކީރިތި ޤުރުއާނުގައި ވަނީ ޒަޔަނިސްޓުންނާއި ޔަހޫދީންގެ ޙަޤީޤީ ސިފަތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ:
﴿لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا﴾ (މާއިދާ ސޫރަތުގެ 82 ވަނަ އާޔަތް)
މާނައީ: "އީމާންވި މީހުންނަށް އެންމެ ޢަދާވާތްތެރިކަން ބޮޑު ބަޔަކީ، ޔަހޫދީންނާއި، ޝަރީކުކުރި މީހުންކަން ކަށަވަރުންވެސް ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ."
މި އާޔަތުން އެނގިގެންދަނީ، ޒަމާންތައް ބަދަލުވެ، ޓެކްނޮލޮޖީއާއި ދުނިޔެ ކިތަންމެ ކުރިއަރައި ދިޔަޔަސް، ޒަޔަނިސްޓުންގެ ހިތްތަކުގައި މުސްލިމުންނާމެދު އޮތް ޢަދާވާތްތެރިކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ބަޔަކީ މިއަދު މި ބުނާ ޒަޔަނިސްޓުންނެވެ. އެހެންކަމުން، ޤުރުއާނުގެ މި ޙަޤީޤަތްތަކަށް ފުރަގަސްދީ، ދުނިޔަވީ ފައިދާއަށްޓަކައި އެ އަނިޔާވެރިންގެ ވާހަކަ ނުދައްކައި ތިބުމަކީ ދިވެހިންގެ ދީނީ ޣީރަތްތެރިކަން ތަންދޭނެ ކަމެއް ނޫނެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހިންނަކީ އަބަދުވެސް ދުނިޔެއަށް ނަމޫނާއެކެވެ. މުޒާހަރާތަކުންނާއި، މީސްމީޑިއާގެ ޒަރީޢާއިން އަދި އެހީގެ ފަންޑުތަކުން ދިވެހިން ސާބިތުކޮށްދެމުން ދަނީ އެ ސާބިތުކަމެވެ. އެހެންކަމުން، ބޭރުގެ ކޮންމެ ނުފޫޒެއް ނުވަތަ އިންވެސްޓްމެންޓެއް އައި ނަމަވެސް، ޒަޔަނިސްޓުންގެ ޖަރީމާތައް ކުށްވެރިކުރުމާއި، އެމީހުންނާ ގުޅުންހުރި ކަންކަމާމެދު ހޭލުންތެރިވެ ބަސްބުނުމަކީ ހުއްޓުވޭނެ އަޑެއް ނޫނެވެ.
ހުލާސާކޮށް ދަންނަވަން އޮތީ، ޤައުމު ބިނާކުރަން ވާނީ ހަމައެކަނި ކޮންކްރީޓުން ނޫން ކަމެވެ؛ ޤައުމު ބިނާވާންވާނީ ޢަޤީދާއާއި، އިންސާނިއްޔަތުކަމާއި، ޙައްޤުގެ މަތީގައެވެ. އަލްޢައްބާރުގެ އީގަލް ހިލްސްއިން ރަސްމާލެ ތަރައްޤީ ކުރިޔަސް، އަދި އެހެން ބަޔަކު އެހެން މަޝްރޫޢެއް ހިންގިޔަސް، ދިވެހި ފަސްގަނޑުގައި ޒަޔަނިސްޓު ފިކުރަކަށް ޖާގައެއް ނެތެވެ. އަދި އިންވެސްޓްމެންޓްގެ ބަހަނާގައި އެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ދިވެހިންގެ ޢަޒުމުގެ ކުރިމަތީގައި ކާމިޔާބެއް ނުވާނެއެވެ. ދިވެހިން އަބަދުވެސް ތިބޭނީ އަނިޔާވެރިކަމާ ދެކޮޅަށް، ޙައްޤުގެ އަޑު އުފުލުމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ފައިސާއިން 700 މިލިއަން ޑޮލަރު ޚަރަދުކޮށް ހިއްކާ ބިން އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ޞާލިޙް
13 މިނިޓު ކުރިން

ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަންފަށައިފި
4 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދިނުމާއެކު މަހުދީގެ އާއިލާ އަށް އިޓަލީން އެހީތެރިވަނީ
4 ގަޑިއިރު ކުރިން

ތުލުސްދޫ ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!
4 ގަޑިއިރު ކުރިން


