logo

ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަންފަށައިފި

profile

ރިޟްވާން މޫސާ - 29 އޮކްޓޯބަރު 2026 - 05:59

ހުޅުމާލޭ ފޭސް ދޭއްގައި ހުރި ފިހާރައެއްގެ ބިލްބޯޑުގައި ބަރަހަނާ މަންޒަރު އެޅުވި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ ރިޕޯޓް ރޭ ދަންވަރު 03:23 ހާއިރު ލިބިފައިވާކަމަށެވެ. އެހެންކަމުން އެ ބިލްބޯޑުން އެ މަންޒަރު އާއްމުކޮށް ފެނުނު މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

މި ބިލް ބޯޑުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯތައް ދައްކާފައިވަނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ސަމަން ޓްރޭޑުން ހިންގަމުން އަންނަ ސުޕަމާޓް ފިހާރައިގެ ބިލްބޯޑެވެ.

މިކަން ހިނގީ އެ ފިހާރައިގެ ކޮމްޕިއުޓާ ސިސްޓަމް ހެކް ކުރުމުގެ ސަބަބުންކަމަށް ވަނީ ބުނެފަ އެވެ.

https://wamco.com.mv/
tel:+9607331319