logo

ތުލުސްދޫ ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

profile

ރިޟްވާން މޫސާ - 29 އޮކްޓޯބަރު 2026 - 05:50

ކ.ތުލުސްދޫ ކައިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ދެ ލޯންޗުގައި ތިބި ފަޅުވެރިންނާއި، ބައެއް ފަސިންޖަރުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ނަމަވެސް މި ހާދިސާގައި ލޯންޗަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި އަނިޔާ ލިބިފައިވާ ކަމުގެ ތަފްސީލްތަކެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ ރޭ 7:55 ހާއިރު ކަމަށެވެ. އެކްސިޑެންޓްވީ ކ. ތުލުސްދޫ ކަނޑުއޮޅިކައިރީން ދެ ލޯންޗެއް ޖެހިންނެވެ.

އަދި ބުނީ މި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

https://wamco.com.mv/
tel:+9607331319